# dv/divehi.xml.gz
# ko/korean.xml.gz


(src)="s1.1"> رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ .
(trg)="s1.1"> 자비로우시고 자애로우신 하나님의 이름으로

(src)="s1.2"> حمد ހުރީ ، عالم ތަކުގެ ވެރި اللَّه އަށެވެ .
(trg)="s1.2"> 온 우주의 주님이신 하나님께찬미를 드리나이다

(src)="s1.3"> ( އެކަލާނގެއީ ) رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ .
(trg)="s1.3"> 그분은 자애로우시고 자비로 우시며

(src)="s1.4"> قيامة ދުވަހުގެ ވެރި ރަސްކަލާނގެއެވެ .
(trg)="s1.4"> 심판의 날을 주관하시도다

(src)="s1.5"> އަޅަމެން އަޅުކަންކުރަނީ ، އިބަރަސްކަލާނގެއަށެވެ . އަދި އަޅަމެން ވާގިއެދެނީ ، އިބަރަސްކަލާނގެ حضرة ންނެވެ .
(trg)="s1.5"> 우리는 당신만을 경배하오며 당신에게만 구원을 비노니

(src)="s1.6"> އަޅަމެންނަށް ، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ !
(trg)="s1.6"> 저희들을 올바른 길로 인도하여 주시옵소서

(src)="s1.7"> ( އެއީ ) އެއުރެންނަށް އިބަރަސްކަލާނގެ نعمة ދެއްވި މީހުންގެ މަގެވެ . އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ . އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ .
(trg)="s1.7"> 그 길은 당신께서 축복을 내리신 길이며 노여움을 받은 자나방황하는 자들이 걷지않는 가장 올바른 길이옵니다

(src)="s2.1"> ا ل م ( މިއަކުރުތަކާއި ބައެއް سورة ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު ، علم ވެރިންގެމެދުގައި خلاف ހުށްޓެވެ . ބައެއް علم ވެރިން ވިދާޅުވަނީ ، ކީރިތި قرآن އެކުލެވިގެންވަނީ ، عربى ންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް ، އެ އަކުރުތަކަކީ ، قرآن ގެ އެންމެ سورة އަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ ، އެންމެ آية އަކާ އެއްފަދަ އެއްޗެއްވެސް ، އެއުރެންނަށް ގެނެސް ނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެ ގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ . )
(trg)="s2.1"> 알리프 람 밈

(src)="s2.2"> މިއީ އެ ފޮތެވެ . އެ ފޮތާމެދަކު شك އެއް ނެތެވެ . ( މިފޮތަކީ ) تقوى ވެރިންނަށްހުރި هداية އެކެވެ .
(trg)="s2.2"> 의심할 바 없는 이 성서는 하나님을 공경하는 자들의 이정 표요

(src)="s2.3"> އެއުރެންނީ ، غيب އަށް إيمان ވާ ، އަދި ނަމާދު قائم ކުރާ ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ .
(trg)="s2.3"> 보이지 않는 하나님의 영역을믿고 예배를 드리며 그들에게 베 풀어 준 양식을 선용하는 사람들 의 이정표이며

(src)="s2.4"> އަދި އެއުރެންނީ ، ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި ކަލޭގެފާނުގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް إيمان ވާ މީހުންނެވެ . އަދި އެއުރެންނީ ، ހަމަ آخرة ދުވަހާ މެދުގައި يقين ކުރާ މީހުންނެވެ .
(trg)="s2.4"> 그대에게 계시된 것과 그 이 전에 계시된 것과 또한 내세를 믿는 사람들의 이정표이며

(src)="s2.5"> އެއުރެންވަނީ ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ތެދުމަގުގެ މަތީގައެވެ . އަދި ދިންނަވާނޭ މީހުންނީ ، ހަމަ އެއުރެންނެވެ .
(trg)="s2.5"> 그들이 바로 주님의 안내를 받아 영화를 누릴 사람들이라

(src)="s2.6"> ހަމަކަށަވަރުން كافر ވި މީސްތަކުންނަށް ، ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ إنذار ނުކުރެއްވިޔަސް ހަމަހަމަވެގެން ވެއެވެ . އެއުރެން إيمان އެއް ނުވާނެތެވެ .
(trg)="s2.6"> 믿음을 부정하는 사람들은 그대가 그들에게 경고하던 또는 경고하지 아니하던 믿으려 하지 아니하매

(src)="s2.7"> اللَّه ، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަގައްސަވައި ، ބަންދުކުރައްވާފައެވެ . އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ ، ފަރުދާއެކެވެ . އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ .
(trg)="s2.7"> 하나님께서 그들에게 벌을 내리사 그들의 마음을 봉하고 그들 의 귀를 붕하고 그들의 눈을 봉 하여 버릴 것이라

(src)="s2.8"> އަދި إيمان ވެގެންވާ ބަޔަކު ކަމުގައި ނުވެތިބެ ، ތިމަންމެން اللَّه އަށާއި آخرة ދުވަހަށް إيمان ވެއްޖައީމުއޭ ބުނާބަޔަކު ، މީސްތަކުންގެ ތެރެއިންވެއެވެ .
(trg)="s2.8"> 사람들 중에는 하나님과 내세를 믿는척 말하는 무리가 있으나 실로 그들은 신앙인들이 아니거늘

(src)="s2.9"> ( އެއުރެން ހީކުރާގޮތުގައި ) اللَّه އަށާއި إيمان ވެގެންތިބި މީހުންނަށް އެއުރެން އޮޅުވައިލަނީއެވެ . އެއުރެން އެ އޮޅުވައިލަނީ ، އެއުރެންގެ އަމިއްލަ نفس ތަކަށް ކަމުގައި މެނުވީ ނުވެއެވެ . އެއުރެންނަށް ( އެކަންވެސް ) ނޭނގެނީއެވެ .
(trg)="s2.9"> 믿는 척 하나님을 속이는 것 은 스스로를 배반하는 것과 같으 나 그들이 알지 못할 뿐이라

(src)="s2.10"> އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ . އެކަމުން ، اللَّه ، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ . އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން ، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ .
(trg)="s2.10"> 그들 마음에는 병이 있나니하나님께서 그 병을 더하게 하시 매 그들은 고통스러운 벌을 받을 것이라 이는 고들이 스스로를 배 반했기 때문이라

(src)="s2.11"> އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ ، އެއުރެންނާދިމާއަށް ބުނެފިނަމަ ، ތިމަންމެންނީ ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ ، އެއުރެން ބުނެތެވެ .
(trg)="s2.11"> 이 세상에서 해악을 퍼뜨리지 말라는 말씀이 있었을 때 그들은 평화를 심는 사람들이라 말하 더라

(src)="s2.12"> ދަންނާށެވެ ! ހަމަކަށަވަރުން ، އެއުރެންނީ ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ . އެހެނެއްކަމަކު ، އެއުރެންނަށް އެކަން ނޭނގެނީއެވެ .
(trg)="s2.12"> 실로 그들은 해악을 퍼뜨리면서도 깨닫지 못하노라

(src)="s2.13"> އަދި މީހުން إيمان ވި ފަދައިން ތިޔަބައިމީހުން إيمان ވާށޭ ، އެއުރެންނާ ދިމާއަށް ބުނެފިނަމަ ، މޮޔައިން إيمان ވި ފަދައިން އަހަރެމެން إيمان ވާނެހެއްޔޭ ، އެއުރެން ބުނެތެވެ . ދަންނާށެވެ ! ހަމަކަށަވަރުން މޮޔައިންނަކީ ހަމަ އެއުރެންނެވެ . އެހެނެއްކަމަކު ، އެއުރެންނަށް އެކަން ނޭނގެނީއެވެ .
(trg)="s2.13"> 그 사람들이 믿는 것처럼 믿으라 그들에게 말씀이 있었을 때 어리석은 자들이 믿는 것처럼 믿으란 말이뇨 라고 그들은 대답 하도다 보라 실로 그들이 어리석 은 자들이면서 그들은 깨닫지 못 하노라

(src)="s2.14"> އަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ ، އެއުރެން ބުނެއުޅެނީ ، ތިމަންމެން މިތިބީ إيمان ވެގެންނެވެ . އެއުރެންގެ شيطان ންނާ ( އެބަހީ : ދެކޮޅުވެރިކަމާއި كفر ވެރިކަމުގައި އެއުރެންގެތެރެއިން ކުރިޔަށް ތިބިމީހުންނާ ) އެއުރެން އެއްތަންވެއްޖެނަމަ ، އެއުރެން ބުނެއުޅެނީ ، ތިމަންމެންވަނީ ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ . ހަމަކަށަވަރުން ތިމަންމެންނީ ، ފުރައްސާރަކުރާ ބަޔަކީމުއެވެ .
(trg)="s2.14"> 그들이 믿는 사람들을 만났을 때는 저회들도 믿음이 있나이 다 라고 말하고 사탄과 함께 있을때는 저희는 당신과 함께 있나니 실로 우리는 조롱을 했을 뿐입니 다 라고 말하더라

(src)="s2.15"> اللَّه ، އެއުރެން ކުޅަ ފުރައްސާރައިގެ ޖަޒާ އެއުރެންނަށް ދެއްވާހުށްޓެވެ . އަދި ދެފުށުއެޅޭ حال ގައި ، އެއުރެންގެ އުރެދުމުގައި އުޅުމަށް އެއުރެންނަށް މުއްދަތު ދިގުކުރައްވާނެތެވެ .
(trg)="s2.15"> 하나님이 그들을 조롱하사 그들을 암흑속에서 버리시니 그들은 장님처럼 방황하노라

(src)="s2.16"> އެއުރެންނީ ، ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންނެވެ . ( އެބަހީ : ތެދުމަގަށް ފުރަގަސްދީ ، މަގުފުރެދުން ހޯދި މީހުންނެވެ . ) ފަހެ ، އެއުރެންގެ އެ ވިޔަފާރިޔަކުން ، އެއުރެންނަކަށް ފައިދާއެއް ނުވިއެވެ . އަދި އެއުރެންނަކީ ، ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައިވެސް ނުވެތެވެ .
(trg)="s2.16"> 그들은 진실을 팔고 허위를사니 그들의 장사가 홍할리 없으 며 인도받지 못하리라

(src)="s2.17"> އެއުރެންގެ މިސާލަކީ ، އަލިފާންގަނޑެއް ރޯކޮށްގެންތިބި ބަޔެއްގެ މިސާލެވެ . ފަހެ އެ އަލިފާންގަނޑު ، އެއުރެންގެ ވަށައިިގެންވާތަނަށް އަލިކޮށްލިހިނދު ، اللَّه އެއުރެންގެ ( އެ އަލިފާންގަނޑުގެ ) އަލިިކަން ގެންދަވައި އެއުރެންނަށް އެއްޗެއް ނުފެންނަފަދަ އަނދިރިތަކެއްގެ ތެރެޔަށް އެއުރެން ދޫކުރެއްވީއެވެ .
(trg)="s2.17"> 그들을 비유하사 그들이 불을 켜 놓았으나 하나님께서 그들 주변의 빛을 거두어 가시고 그들 을 암흑속에 버리나니 그들은 보 지도 못하고

(src)="s2.18"> ( އެއުރެންނީ ) ބީރު ބަޔެކެވެ . މަންމަން ބަޔެކެވެ . ކަނު ބަޔެކެވެ . ފަހެ ، އެއުރެން ( حق ގެ މަގަކަށް ) رجوع އެއް ނުވާނެތެވެ .
(trg)="s2.18"> 귀머거리 벙어리 장님이 되어 돌아오지 못하노라

(src)="s2.19"> ނުވަތަ އެއުރެންގެ މިސާލަކީ ، އެ ވިލާގަނޑެއްގައި އަނދިރިތަކަކާއި ގުގުރުމާއި ވިދުން ( އެކުލެވިފައި ) ވާގޮތުގައި އުޑުމަތީގައިވާ ވާރޭވިލާގަނޑެއްގެ މިސާލެވެ . ހޮނުގެ ސަބަބުން މަރުވެދާނެކަމަށް ބިރުން ، އެއުރެންގެ ކަންފަތްތަކުގައި އެއުރެންގެ އިނގިލިތައް އަޅަތެވެ . اللَّه އީ ، އެ كافر ންގެ ހުރިހައި ކަމެއް ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ .
(trg)="s2.19"> 그들을 비유하사 하늘에서 폭풍우가 몰아치고 암흑이 되어 천둥과 번개가 진동하니 죽음이 두려워 그들은 귀를 막으매 하나 님께서 이 불신자들을 포위하시노라

(src)="s2.20"> އެ ވިދުން ، އެއުރެންގެ ލޯތަކުގެ ފެނުން ޖަހައިގަނެގެން އަތުލާފާނެ ކަހަލައެވެ . އެ ވިދުން އެއުރެންނަށް އަލިކޮށްލި ކޮންމެހިނދަކު އެ އަލީގައި އެއުރެން ހިނގައިގަނެތެވެ . އަދި އެއުރެންނަށް އަނދިރިއަޅާލައިފިނަމަ ، ހުއްޓުންއަރާފައި ތިބެތެވެ . اللَّه އިރާދަކުރައްވައިފިނަމަ ، އެއުރެންގެ ކަންފަތްތަކުގެ އިވުމާއި ، އެއުރެންގެ ލޯތަކުގެ ފެނުން ގެންދަވައިފީހެވެ . ހަމަކަށަވަރުން اللَّه އީ ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ .
(trg)="s2.20"> 번개가 그들의 시력을 할퀴 어 가니 그들에게 빛을 비출때에 는 걷다가 그들을 암흑으로 덮칠 때는 멈추어 서도다 또한 하나님 의 뜻에 따라 그들의 청각과 시력도 앗아 가시니 실로 하나님은 모든 일에 전지 전능하심이라

(src)="s2.21"> އޭ މީސްތަކުންނޭވެ ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ ! އެކަލާނގެއީ ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ . ( އަޅުކަންކުރަންވީ ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ .
(trg)="s2.21"> 인간들이여 주님을 경배하 라 그분께서 너회들을 창조하셨 고 또 너회 선조들을 창조하셨나 니 경배함으로 말미암아 의로운 사람들 가운데 있게 되리라

(src)="s2.22"> އެކަލާނގެއީ ، ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި ، އަދި ބިނާއެއްކަމުގައި އުޑު ލައްވައި ، އުޑުން ފެން ވެއްސަވައި ، އެއިން ތިޔަބައިމީހުންނަށް رزق އެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ރަސްކަލާނގެއެވެ . ފަހެ ، ( އެކަލާނގެ خالق ވަންތަކަން ) ތިޔަބައިމީހުން ދެނެތިބެ ، اللَّه އަށް شريك ންތަކެއް ތިޔަބައިމީހުން ނުލާށެވެ !
(trg)="s2.22"> 그대들을 위해 대지를 침상 으로 하늘을 천정으로 두셨도다 하늘로부터는 비를 내리게하여 생 과를 맺게하고 이를 그대들의 양 식으로 내려 주셨노라 하나님께 우상을 비유하지 말가 그대들은 이를 알지 않느뇨

(src)="s2.23"> ތިމަންރަސްކަލާނގެ އަޅާއަށް ( އެބަހީ : محمد ގެފާނަށް ) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު ( އެބަހީ : قرآن އާމެދު ) ތިޔަބައިމީހުން شك ކަމެއްގައި ވަނީނަމަ ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ އެހީތެރިން ( ތިބިނަމަ ، އެއުރެން ) ނަށް ނިކަން ގޮވައި ، ގެނެސްބަލާށެވެ !
(trg)="s2.23"> 만약 너희가 하나님의 종에 게 계시한 것에 관하여 의심 한 다면 그와 같은 말씀의 한 구절이 라도 가져을 것이며 너희들이 사 실이라고 고집한다면 하나님외에 증인들을 대어보라

(src)="s2.24"> ފަހެ ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ - އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ . - ( އެކަން ނުކުރެވުނުނަމަ ) ފަހެ ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ ، ރައްކާތެރިވާށެވެ ! އެނަރަކަޔަކީ ، މީހުންނާއި ހިލަ ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ . އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ ، كافر ންނަށްޓަކައެވެ .
(trg)="s2.24"> 만일 너희가 그렇게 하지 못하고 또한 그렇게도 할 수 없다 면 지옥을 두려워 하라 그곳에는 인간과 돌들이 불에 이글거리고 있으며 불신자들을 위해 준비된 곳이라

(src)="s2.25"> އަދި إيمان ވެ صالح عمل ތައް ކުޅަ މީހުންނަށްޓަކައި ، ހަމަކަށަވަރުން ސުވަރުގެތަކެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ ! އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގައި ހުރެތެވެ . އެ ސުވަރުގެތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް ، އެއުރެންނަށް ލިބޭ ކޮންމެ ފަހަރަކު ، އެއުރެން ބުނާނެތެވެ . މިއީ ކުރިންވެސް އަހަރެމެންނަށް ލިބުނު މޭވާއެވެ . އެއުރެންނަށް އެފަދަ މޭވާ ދެއްވާހުށީ ( ބޭރުފުށުން ) އެއްވައްތަރުވާ حال ގައެވެ . އަދި އެ ސުވަރުގެ ތަކުގައި އެއުރެންނަށްޓަކައި طاهر ވެގެންވާ އަނބިން ފިރިންތަކެއް ވެއެވެ . އަދި އެއުރެންނީ ، އެ ސުވަރުގެތަކުގައި ދެމިތިބޭނޭ ބަޔެކެވެ .
(trg)="s2.25"> 믿음으로 선을 행하는 이들 에게 기쁜소식을 진하라 그들을 위해 천국이 있고 그 밑에는 강물이 흐르니라 그들에게 일용할 양 식이 주어질 때면 이것은 이전에 도 저희에게 베풀어졌던 것이옵니다 라고 그들은 말하도다 또한 그들에게는 그와 유사한 것들이 주 어지리니 그곳에 순결한 동반자기 있어 그 안에서 영생하리라

(src)="s2.26"> ހަމަކަށަވަރުން މަދިރިއަކުން ، ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް ، އެއްވެސް ކަހަލަ މިސާލެއް ޖެއްސެވުމަކަށް اللَّه ލަދުވެތިިވެވޮޑިގެނެއް ނުވެތެވެ . ފަހެ ، إيمان ވި މީހުން ، އެ މިސާލަކީ ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން حق ގޮތުގައި ޖެއްސެވި މިސާލެއްކަން ހަމަކަށަވަރުން ދަނެތެވެ . އަދި كافر ވި މީހުން ބުނެތެވެ . ތިޔަ މިސާލުން ، اللَّه އިރާދަކުރެއްވީ ކޮންކަމެއް ބާވައެވެ ؟ އެ މިސާލުން ، އެކަލާނގެ ގިނަބަޔަކު މަގުފުރައްދަވަތެވެ . އަދި ހަމަ އެ މިސާލުން ، އެކަލާނގެ ގިނަބަޔަކަށް ތެދުމަގު ދައްކަވަތެވެ . فاسق ން މެނުވީ ، އެއިން އެކަލާނގެ މަގެއް ނުފުރައްދަވަތެވެ .
(trg)="s2.26"> 실로 하나넘께서는 모기나 또는 그 이상의 것으로 비유하길 서슴치 아니하시매 믿는자는 그 비유가 주님으로부터 온 진리임을믿으나 불신자들은 말하기를 하나님은 그 비유를 들어 무엇을 원하느뇨 라고 하니 이에 가로되 그것으로 많은 불신자들을 방황케도 하고 또 많은 믿는자들을 인도하 시노라 실로 하나님은 이단자들만을 방황케 하시니라

(src)="s2.27"> އެއުރެންނީ ، اللَّه އަށް عهد ކަށަވަރުކޮށް ގަދަކުރުމަށްފަހު އެކަލާނގެ عهد އުވައިލާ މީހުންނެވެ . އަދި އެއުރެންނީ ، ގުޅުވައި ދެމެހެއްޓުމަށް اللَّه أمر ކުރެއްވި ކަންތައްތައް ކަނޑާލައި ، ބިމުގައި ފަސާދަ އުފައްދާ މީހުންނެވެ . ގެއްލެނިވެގެންވާ މީހުންނީ ، ހަމަ އެއުރެންނެވެ .
(trg)="s2.27"> 이들은 하나닙의 계율을 어 긴자요 하나님이 명령하여 결합하라 하였으나 거역한 자이며 지상 에서 해악을 퍼뜨리는 사람들이니저들은 스스로를 멸망케 하도다

(src)="s2.28"> ތިޔަބައިމީހުން اللَّه އަށް كافر ވެގަންނަނީ ، ކޮންގޮތަކުންހެއްޔެވެ ؟ ތިޔަބައިމީހުން މަރުވެފައިވާ ބަޔެއްގެ ގޮތުގައި ތިއްބައި ، ފަހެ އެކަލާނގެ ތިޔަބައިމީހުން ( އުފައްދަވައި ) ދިރުއްވިއެވެ . އެއަށްފަހު ، އެކަލާނގެ ތިޔަބައިމީހުންގެ ( أجل ހަމަވުމުން ) މަރުގަންނަވާނެތެވެ . ދެން ( قيامة ދުވަހުން ) ތިޔަބައިމީހުން ދިރުއްވާނެތެވެ . ދެން އެކަލާނގެ حضرة އަށް ތިޔަބައިމީހުން رجوع ކުރައްވާނެތެވެ .
(trg)="s2.28"> 생명이 없었던 너희에게 생 명을 부여하사 다시 생명을 앗아 가고 또 부활케하여 그분곁으 로 돌아가게 하시는 하나님을 어 떻게 거역한단 말이뇨

(src)="s2.29"> އެކަލާނގެއީ ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ . ދެން އެކަލާނގެ އުޑު ހެއްދެވުމަށް އިރާދަކުރައްވައި ، އެ އުޑުތަކުގެ ހެއްދެވުން ހަތް އުޑަށް ފުރިހަމަކުރެއްވިއެވެ . އަދި އެކަލާނގެއީ ، ކޮންމެކަމެއްމެ ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ .
(trg)="s2.29"> 또한 그분은 너회들을 위해 삼라만상을 창조하시고 다시 하늘로 승천하시어 일곱천을 형성하신분으로 진실로 그분은 모든 것을 아시노라

(src)="s2.30"> ހަމަކަށަވަރުން ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ ! އެބޭކަލުން ( އެހިނދު ) ދެންނެވޫއެވެ . އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި ، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި ، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ ؟ އެކަލާނގެ وحى ކުރެއްވިއެވެ . ހަމަކަށަވަރުން ، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ .
(trg)="s2.30"> 주님께서 천사에게 지상에 대리인을 두리라 하시니 천사들이가로되 이 세상을 해치고 살상을 하려 하십니까 저희들은 당신을 찬미하고 당신을 경배하나이다 이에 하나님이 가라사대 실로 나는 너회들이 알고 있는 모든 것을 다알고 있노라

(src)="s2.31"> އަދި آدم ގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ . ( އެބަހީ : ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ حقيقة ތަކެވެ . ) ދެން ، އެކަލާނގެ އެތަކެތި ملائكة ންނަށް ހުށަހަޅުއްވައި ، وحى ކުރެއްވިއެވެ . ތިޔަބައިމީހުން ( ތިޔަކުރާ دعوى ގައި ) ތެދުވެރިންކަމުގައިވަނީނަމަ ، މިތަކެތީގެ ނަންތަކުން ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން خبر ދީބަލާށެވެ !
(trg)="s2.31"> 아담에게 모든 사물의 이름을 가르쳐 주신 후 천사들 앞에 제시하며 말씀하시길 만일 너회가옳다면 너회가 이것들의 이름을 말해보라하니

(src)="s2.32"> އެ ملائكة ން ދެންނެވޫއެވެ . އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ . ހަމަކަށަވަރުން އިބަރަސްކަލާނގެއީ ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ .
(trg)="s2.32"> 하나님이여 영광을 받으소서저회는 당신이 가르쳐준 것 외에 는 아무것도 모르나니 실로 당신 은 아심과 지혜로 충만 하심이라

(src)="s2.33"> އެކަލާނގެ وحى ކުރެއްވިއެވެ . އޭ آدم ގެފާނެވެ ! ކަލޭގެފާނު ، އެ ملائكة ންނަށް އެތަކެތީގެ ނަންތަކުން خبر ދެއްވާށެވެ ! ދެން އެކަލޭގެފާނު ، އެ ملائكة ންނަށް އެތަކެތީގެ ނަންތަކުން خبر ދެއްވިހިނދު ، އެކަލާނގެ وحى ކުރެއްވިއެވެ . ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ އުޑުތަކާއި ބިމުގެ غيب ދެނެވޮޑިގެންވަމޭ ، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި ވަންހަނާކުރާ ކަންތައް ދެނެވޮޑިގެންވަމޭ ، ތިޔަބައިމީހުންނަށް وحى ނުކުރައްވަން ހެއްޔެވެ ؟
(trg)="s2.33"> 하나님이 이르시길 아담아 그들에게 이름들을 일러주라 하 시니 그가 그들에게 그 이름들을 일러주매 그분께서 천사들에게 이 르시길 내가 천지에 있는 보이지 않는 것과 너회가 드러내거나 감 추고 있는 모든 것을 알고 있다고 너희에게 얘기하지 않했느뇨

(src)="s2.34"> އަދި آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު ، ހަނދުމަކުރައްވާށެވެ ! ފަހެ ، إبليس ފިޔަވައި ، އެ ملائكة ން سجدة ކުރެއްވޫއެވެ . އެކަލޭގެ އެކަމުން މަނާވެގަނެ ، كبر ވެރިވީއެވެ . އަދި كافر ންގެ ތެރެއިން އެކަލޭގެވިއެވެ .
(trg)="s2.34"> 하나님이 천사들에게 명령 하여 아담에게 엎드려 절하라 하 니 모두가 엎드려 절을 하나 이 블리스만 거절하며 거만을 부렸으 니 그는 불신자들중에 있었노라

(src)="s2.35"> އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ . އޭ آدم ގެފާނެވެ ! ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެ ، އުޅުއްވާށެވެ ! އަދި ތަނަވަސްކަމާއި ފަހިކަމާއެކު ، ތިޔަ ދެކަނބަލުން އެދިވަޑައިގަންނަވާ ގޮތަކަށް އެތަނުން ފަރިއްކުޅުއްވާށެވެ ! އަދި ތިޔަ ދެކަނބަލުން މިހިރަ ގަހާ ކައިރިވެވަޑައި ނުގަންނަވާށެވެ ! އޭރުން ( އެބަހީ : އެގަހާ ކައިރިވެވަޑައިގެންފިނަމަ ) ތިޔަ ދެކަނބަލުންވާހުށީ ، އަނިޔާވެރިވާ މީހުންގެ ތެރެއިންނެވެ .
(trg)="s2.35"> 하나님이 말씀하사 아담아 아 내와 함께 천국에 거주하며 그대 들이 원하는 양식을 먹되 이 나무 에 접근하지 말라 그렇지 않으면 죄지은자 가운데 있게 되니라 .

(src)="s2.36"> ފަހެ ، شيطان އާ އެ ގަސް މެދުވެރިކޮށް ، އެ ދެކަނބަލުން ކުށުގައި އަޅުވައި ، ސުވަރުގޭގައި އެ ދެކަނބަލުން އުޅުއްވި نعمة ތަކުން އެ ދެކަނބަލުން ބޭރުކޮށްފިއެވެ . އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ . ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال ، ތިޔަބައިމީހުން ( ބިމަށް ) ފައިބާށެވެ ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި ، قرار ވެ ތިބެނިވި ތަނަކާއި ، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ .
(trg)="s2.36"> 사탄이 그들을 유혹하여 그 곳으로부터 나가게 하매 하나님이말씀하사 서로가 서로의 적이되어지상에서 얼마 동안 안주하여 살 라 했노라

(src)="s2.37"> ފަހެ ، آدم ގެފާނު ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން كلمة ފުޅުތަކެއް ބާވައިގަންނަވައި ( އެ كلمة ފުޅުތައް ވިދާޅުވެ ، توبة ވެވަޑައިގަތުމުން ) ފަހެ ، އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް توبة ލައްވައިފިއެވެ . ހަމަކަށަވަރުން ، އެކަލާނގެއީ ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ .
(trg)="s2.37"> 이때 아담은 주님으로부터 말씀을 들었으며 하나님은 그를 용서 하였으니 진실로 그분은 관 용과 자비로 충만하심이라

(src)="s2.38"> ތިމަންރަސްކަލާނގެ ( آدم ގެފާނުގެ ދެކަނބަލުންނާއި إبليس އަށް ) وحى ކުރެއްވީމެވެ . ތިޔަބައިމީހުން އެންމެން އެ ސުވަރުގެއިން ( ބިމަށް ) ފައިބާށެވެ ! ފަހެ ، ތިޔަބައިމީހުންގެ ގާތަށް ، ތިމަންރަސްކަލާނގެ حضرة ން ތެދުމަގު އަތުވެއްޖެހިނދަކު ، ތިމަންރަސްކަލާނގެ ތެދުމަގާ تبع ވެއްޖެ ބަޔަކަށް އެއްވެސް ބިރެއްނެތެވެ . އަދި އެއުރެންނީ ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ .
(trg)="s2.38"> 하나님이 그들에게 말씀하사모두 세상으로 내려가 살라 복음 을 내려 보낼 것이라 이를 따르는사람은 두려움도 슬픔도 없을 것 이라

(src)="s2.39"> އަދި كافر ވެ ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންނީ ، ނަރަކަވަންތަ ވެރިންނެވެ . އެއުރެންނީ ، އެ ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ .
(trg)="s2.39"> 하나님의 말씀을 불신하고 거역하는 사람은 불지옥의 주인이되어 그 속에서 영원히 기거할 것이라

(src)="s2.40"> އޭ إسـرآءيـل ގެދަރިންނޭވެ ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ ! އަދި ތިމަންރަސްކަލާނގެ عهد ތިޔަބައިމީހުން ފުއްދާށެވެ ! ( އެބަހީ : توراة ގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންވެ ، އެގޮތުގެމަތިން عمل ކުރާށެވެ ! ) އޭރުން ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عهد ފުއްދަވާހުށީމެވެ . ( އެބަހީ : ކިޔަމަންގަތް އަޅުންނަށް ދެއްވާނެކަމަށް އަންގަވާފައިވާ ހެޔޮ ޖަޒާ ދެއްވާހުށީމެވެ . ) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ !
(trg)="s2.40"> 이스라엘 자손들이여 내가 너회에게 베푼 은총을 기억하고 나에게 한 약속을 이행하라 내가 너희와의 약속을 이행하리라 그 리고 나만을 두려워 하라

(src)="s2.41"> އަދި ތިޔަބައިމީހުންނާ އެކުގައިވާ ފޮތް ( އެބަހީ : توراة ) ތެދުކުރަނިވި ގޮތުގައިވާ ، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތަށް ( އެބަހީ : قرآن އަށް ) ތިޔަބައިމީހުން إيمان ވާށެވެ ! އަދި އެފޮތަށް އެންމެ ފުރަތަމައިން كافر ވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ ! އަދި ތިމަންރަސްކަލާނގެ آية ތަކަށް ، ކުޑައަގެއް ތިޔަބައިމީހުން ނުގަންނާށެވެ ! ( އެބަހީ : ދުންޔަވީ އުފާތަކުގެ ތެރެއިން ތިމަންރަސްކަލާނގެ حرام ކުރެއްވި ކަންތައްތައްފަދަ އެއްޗަކަށް ނުވާކަހަލަ އެއްޗަކަށްޓަކައި ، ތިމަންރަސްކަލާނގެ އަންގަވާފައިވާ އެންގެވުންތަކަށް ފުރަގަސްނުދޭށެވެ ! ) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ !
(trg)="s2.41"> 내가 계시한 것을 믿고 이전에 내려보낸 계시를 믿으라 이를 불신하는 우두머리가 되지 말것이며 나의 계시를 어떠한 것과도 교환하지 말고 나만을 두려워하라

(src)="s2.42"> އަދި ތިޔަބައިމީހުން حق އާއި باطل އޮޅުވައިނުލާށެވެ ! އަދި ތިޔަބައިމީހުން ދެނެތިބި حال ގައި حق ވަންހަނާ ނުކުރާށެވެ !
(trg)="s2.42"> 진리를 부정으로 왜곡하지 말고 진리를 숨기지 말라 너회는 알고 있지 않느뇨

(src)="s2.43"> އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ ! އަދި ތިޔަބައިިމީހުން زكاة ދޭށެވެ ! އަދި ركوع ކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ركوع ކުރާށެވެ !
(trg)="s2.43"> 예배를 드리고 이슬람세를 받칠 것이며 다같이 고개속여 하 나님을 경배하라

(src)="s2.44"> ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ حال ގައި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެމަތިން ހަނދާން ނައްތާލައި ، މީސްތަކުންނަށް ހެޔޮކަންތަކަށް أمر ކުރަނީ ހެއްޔެވެ ؟ ފަހެ ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ ؟
(trg)="s2.44"> 선을 행하라 너회 백성들에 게 일렀으되 너회 자신들은 망각 하고 있느뇨 성서를 낭독하면서도모른단 말이뇨

(src)="s2.45"> އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ ، ހަމަކަށަވަރުން ، އެއީ ވަރަށް ބޮޑުކަމެކެވެ . ( އެބަހީ : ދަތި އުނދަގޫ ކަމެކެވެ . )
(trg)="s2.45"> 인내와 예배로써 구원하라 실로 그것은 겸손한 마음이 없는 사람에게는 힘든 일이라

(src)="s2.46"> އެއުރެންނީ ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭ ބަޔަކުކަމާއި ، އެކަލާނގެ حضرة އަށް އެނބުރި رجوع ވަނިވި ބަޔަކުކަން ކަށަވަރުކޮށް يقين ކުރާ މީހުންނެވެ .
(trg)="s2.46"> 주님을 만날 수 있다고 확신하는 사람은 주님께로 돌아가니라

(src)="s2.47"> އޭ إسـرآءيـل ގެދަރިންނެވެ ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة އާއި ، އަދި ( އެދުވަސްވަރުގެ ) عالم ތަކުގެ މައްޗަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން މާތްކުރައްވާފައިވާކަން ހަނދުމަކުރާށެވެ !
(trg)="s2.47"> 이스라엘 자손들이여 내가 너회들에게 베푼 나의 은총을 기 억하라 내가 그대들을 선택 했노 라

(src)="s2.48"> އެދުވަހަކުން އެއްވެސް نفس އަކަށް އެއްވެސް نفس އެއްގެ ކިބައިން ކަމެއް ފުއްދައިނުދެވޭނޭ ، އަދި އެކެއްގެ ކިބައިން އަނެކެއްގެ شفاعة قبول ނުކުރައްވާނޭ ، އަދި އެކެއްގެ ކިބައިން فدية އެއްވެސް ނުހިއްޕަވާނޭ ، އަދި އެއުރެންނަށް އެއްވެސް ފަރާތަކުން نصر އެއް ނުލިބޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވެ ، ރައްކާތެރިވާށެވެ !
(trg)="s2.48"> 그날을 두려워 하라 그날은 어느 누구도 다른 사람에게 도움 을 주지 못하며 어떤 중재도 수라되지 아니하며 어떠한 보상도 받 을 수 없으니 그들은 어떠한 도움도 받지 못하니라

(src)="s2.49"> އަދި فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވިހިނދު ، ހަނދުމަކުރާށެވެ ! އެއުރެން ، ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުންގެންދެއެވެ . އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި ، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ . އެކަންތައްތަކުގައި ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ .
(trg)="s2.49"> 하나님께서 너희를 파라오의압박으로부터 구하였음을 상기하 라 그들은 너희를 구속하고 남성 들을 학살 하였으며 여성들은 그 들을 위해 봉사하도록 하였으니 이것이야말로 주님이 내리신 시련이라

(src)="s2.50"> އަދި ތިޔަބައިމީހުންނަށް ، ތިމަންރަސްކަލާނގެ ކަނޑު އިރުއްވައި ދެއްވިހިނދު ، ހަނދުމަކުރާށެވެ ! ފަހެ ، ތިމަންރަސްކަލާނގެ ، ތިޔަބައިމީހުން ( غرق ން ) ސަލާމަތްކުރައްވައި ، ތިޔަބައިމީހުން ބަލަބަލައިތިއްބައި ، فرعون ގެ މީހުން غرق ކުރެއްވީމެވެ .
(trg)="s2.50"> 바다를 둘로 쪼개어 너회들 을 구하고 너회들의 안면에서 파 라오족을 익사케 했나니

(src)="s2.51"> އަދި موسى ގެފާނަށް ، ތިމަންރަސްކަލާނގެ ސާޅީސް ރޭގެ ميعاد އެއް ކަނޑައެޅުއްވިހިނދު ، ހަނދުމަކުރާށެވެ ! ދެން އެއަށްފަހު ( ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ) ތިޔަބައިމީހުން އަނިޔާވެރިވާ حال ގައި ގެރިއަކީ إله އަކު ކަމުގައި ހަދައިގެން އުޅުނީމުއެވެ .
(trg)="s2.51"> 모세에게 사십일방을 명하여은거하게 하였을 때 그대들은 송 아지를 택하여 우상을 숭배하였으 매 너회들은 우매하였노라

(src)="s2.52"> ދެން އެކަންތަކަށް ފަހުގައި ( އެކަމުގެ ކުށް ) ތިޔަބައިމީހުންގެ ކިބައިން ތިމަންރަސްކަލާނގެ عفو ކުރެއްވީމެވެ . ( އެއީ ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ .
(trg)="s2.52"> 그 후에도 하나님은 그대들 을 용서하여 주었나니 이에 감사 하라

(src)="s2.53"> އަދި ތިމަންރަސްކަލާނގެ موسى ގެފާނަށް حق އާއި باطل ވަކިކުރަނިވި ފޮތް ( އެބަހީ : توراة ) ދެއްވިހިނދު ، ހަނދުމަކުރާށެވެ ! ( އެއީ ) ތިޔަބައިމީހުން ، އެއިން ތެދުމަގު ލިބިގަތުމަށްޓަކައެވެ .
(trg)="s2.53"> 하나님께서 모세에게 성서와 식별서를 내렸나니 이것으로 너 회가 인도될 것이라

(src)="s2.54"> އަދި موسى ގެފާނު ، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތުގައި ( މިފަދައިން ) ވިދާޅުވިހިނދު ( ހަނދުމަކުރާށެވެ ! ) އޭ އަހުރެންގެ قوم ގެމީހުންނޭވެ ! ތިޔަބައިމީހުން ، ގެރިއަކީ إله އަކު ކަމުގައި ހެދުމުން ، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާވެރިވެއްޖެކަން ކަށަވަރެވެ . ފަހެ ، ތިޔަބައިމީހުން އުފެއްދެވި ކަލާނގެއަށް توبة ވާށެވެ ! އަދި ތިޔަބައިމީހުންގެ نفس ތައް قتل ކުރާށެވެ ! ތިޔަބައިމީހުން އުފެއްދެވި ކަލާނގެ حضرة ގައި ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ . ދެން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވިއެވެ . ހަމަކަށަވަރުން އެކަލާނގެއީ ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ .
(trg)="s2.54"> 모세가 그의 백성에게 이르 되 백성들이여 송아지를 숭배하 여 자신들을 우롱했노라 주님께 회개하고 속죄하라 주님의 은총이있어 너회들을 용서할 것이라 진 실로 그분은 관용과 자비로 충만 하시니라

(src)="s2.55"> އަދި އޭ موسى ގެފާނެވެ ! ފާޅުގައި އަހަރެމެން اللَّه ދެކެފުމަށްދާނދެން އަހަރެމެން ކަލޭގެފާނަކަށް إيمان އެއް ނުވާނޫއޭ ތިޔަބައިމީހުން ދެންނެވިހިނދު ، ހަނދުމަކުރާށެވެ ! ދެން ތިޔަބައިމީހުން ބަލަބަލައިތިއްބައި ، ހޮނުގުގުރި ތިޔަބައިމީހުންގެ މަރު ހިފައިފިއެވެ .
(trg)="s2.55"> 모세야 하나님의 형상을 볼 때까지는 믿을 수 없도다 라고 말한 것을 기억하라 그때 천등과 번개가 그들을 불태워 버렸음을 너 회는 지켜보지 아니했느뇨

(src)="s2.56"> ދެން ތިޔަބައިމީހުން މަރުވުމަށްފަހު ، ތިމަންރަސްކަލާނގެ ތިޔަބައިމީހުން އަލުން ދިރުއްވީމެވެ . ( އެއީ ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ .
(trg)="s2.56"> 그런데도 너회가 죽은 후 내가 너희를 부활시 켰으니 이에 감사하라

(src)="s2.57"> އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އެ ވިލާގަނޑުން ހިޔާ އެޅުއްވީމެވެ . އަދި ތިޔަބައިމީހުންގެ މައްޗަށް منّ އާއި سلوى ބާވައިލެއްވީމެވެ . ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި حلال ތަކެތިން ތިޔަބައިމީހުން ކައިއުޅޭށޭ އެންގެވީމެވެ . އެއުރެން އެ نعمة އަށް كافر ވެ ، އުރެދުމަކުން އެއުރެންނަކަށް ތިމަންރަސްކަލާނގެއަކަށް އަނިޔާއެއް ނުކުރެވުނެވެ . އެހެނެއްކަމަކު ، އެއުރެން އަނިޔާކުރާ ކަމުގައިވީ ، ހަމައެކަނި އެއުރެންގެ އަމިއްލަ نفس ތަކަށެވެ . ( ނޯޓު : منّ އަކީ ބައެއް مفسّر ން ވިދާޅުވާ ގޮތުގައި ފިނިފައިބާގޮތަށް ފައިބާ އެއްޗެކެވެ . އެއީ މާމުއިކަހަލަ ފޮނި އެއްޗެކެވެ . އަނެއްބައި مفسّر ން ވިދާޅުވާ ގޮތުގައި ، އެއީ ގަނޑުފެނާ އެއްފަދަ ، މާމުޔަށްވުރެ ފޮނި ، ކިރަށްވުރެ ހުދު އެއްޗެކެވެ . سلوى އަކީ ، ބާވަތެއްގެ ދޫންޏެކެވެ . )
(trg)="s2.57"> 하나님께서 구름으로 그늘을만들고 만나와 쌀와를 보내며 그 대들에게 준 양식 가운데 좋은 것을 먹으라 했거늘 나를 속이지 못하고 스스로 자신들을 우매하게 하였을 뿐이라

(src)="s2.58"> އަދި ތިޔަބައިމީހުން މިއޮތް ރަށަށް ވަންނާށޭ ތިމަންރަސްކަލާނގެ وحى ކުރެއްވި ހިނދު ، ހަނދުމަކުރާށެވެ ! ފަހެ ، ތަނަވަސްކަމާއެކުގައި ތިޔަބައިމީހުން އެދޭ ފަދައަކުން އެރަށުން ކައިއުޅޭށެވެ ! އަދި ތިޔަބައިމީހުން سجدة ކުރާ حال ( އެބަހީ : މަޑުމައިތިރިވެ ، ކިޔަމަންވެގެންވާ حال އެރަށުގެ ) ދޮރޯށިން ވަންނާށެވެ ! އަދި އަޅަމެންގެ އެދުމަކީ ކުށްފާފަތައް ފުއްސަވައި عفو ކުރެއްވުމޭ ދަންނަވާށެވެ ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ . އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ ( ހެޔޮކަން ) އިތުރު ކުރައްވާހުށީމެވެ .
(trg)="s2.58"> 하나님이 말한 것을 상기하 라 이 마을로 들어가 그대들이 원 하는 대로 먹되 엎드려 문으로 들 어가 겸손히 회개하라 하나님이 그대들의 죄를 용서하고 선행을 베푸는 사람에게는 보상을 증가할 것이라

(src)="s2.59"> ދެން ( އޭގެތެރެއިން ) އަނިޔާވެރިވި މީހުން ، އެއުރެންނަށް ކިޔާށޭ އެންގެވި ބަސް އެނޫން ބަހަކަށް ބަދަލުކޮށްފޫއެވެ . ދެން އެ އަނިޔާވެރިވި މީހުންގެ މައްޗަށް ، އެއުރެން فاسق ވި ކަމުގެ ސަބަބުން ، އުޑުން عذاب އެއް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ .
(trg)="s2.59"> 그러나 그 우매한 사람들은 그들에게 계시된 말씀을 변조하였 으니 하나님께서 그 우매한 사람 들에게 하늘로부터 혹사병을 보내 도다 . 이는 그들이 계속 죄를 범했기 때문이라

(src)="s2.60"> موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންނަށްޓަކައި ފެނަށް އެދިވަޑައިގެން دعاء ކުރެއްވިހިނދު ، ހަނދުމަކުރާށެވެ ! ފަހެ ، ( އެހިނދު موسى ގެފާނަށް ) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ . ކަލޭގެފާނުގެ އަސާކޮޅުން ، ކަލޭގެފާނު އެ ހިލައިގައި ޖައްސަވާށެވެ ! ދެން ( އެކަލޭގެފާނު އެހިލައިގައި ޖެއްސެވިހިނދު ) އެހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ . ހަމަކަށަވަރުން ކޮންމެބަޔަކު ، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފިއެވެ . ( އަދި ތިމަންރަސްކަލާނގެ އެންގެވީމެވެ . ) ތިޔަބައިމީހުން ، اللَّه ދެއްވި رزق ން ކައިބޮއި އުޅޭށެވެ ! އަދި فاسد ން ކަމުގައިވެތިބެ ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ !
(trg)="s2.60"> 상기하라 모세가 그의 백성 을 위해 물을 구하매 하나님이 모 세에게 네 지팡이로 그 바위를 때 리라 하니 그곳으로부터 열두개의 샘이 솟아나와 각 부족들은 그들 이 마실곳을 알았도다 하나님이 주신 양식을 먹고 마시되 현세에 서 해악을 퍼뜨리지 말라

(src)="s2.61"> އަދި ތިޔަބައިމީހުން ( މިފަދައިން ) ދެންނެވިހިނދު ، ހަނދުމަކުރާށެވެ ! އޭ موسى ގެފާނެވެ ! އެއްބާވަތެއްގެ ކާނާއެއްގެ މައްޗަކަށް ތިމަންމެންނަކަށް ކެތެއް ނުކުރެވޭނެތެވެ . ފަހެ ، ބިމުން ފަޅާ ގަސްގަހާގެހީގެ ތެރެއިން އޮށްޓަރުގެ ބާވަތްތަކާއި ، قثاّء ( އެބަހީ : ކެކުރި ވައްތަރުގެ ތަރުކާރީއެއް ) އާއި ، ލޮނުމެދާއި ، މުގާއި ، ފިޔާ ، ތިމަންމެންނަށްޓަކައި ނެރުއްވައި ދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކޮށްދެއްވާށެވެ ! އެކަލޭގެފާނު ވިދާޅުވިއެވެ . ތިޔަބައިމީހުން މޮޅު ތަކެތީގެ ބަދަލުގައި ދެރަ ތަކެއްޗަށް އެދެނީ ހެއްޔެވެ ؟ ( އެގޮތް އެދެނީނަމަ ) ތިޔަބައިމީހުން ބޮޑު ރަށަކަށް ފައިބާށެވެ ! އޭރުން ، ހަމަކަށަވަރުން ތިޔަބައިމީހުން އެދުނު ތަކެތި ލިބޭހުށްޓެވެ . ދެރަކަމާއި ނިކަމެތިކަން އެއުރެންނަށް ޖެހުނެވެ . އަދި اللَّه ގެ ކޯފާ އެއުރެންގެމައްޗަށް حق ވެ ، އެ ކޯފާއާއިގެން އެއުރެން އެނބުރިއައޫއެވެ . އެއީ ، ހަމަކަށަވަރުން އެއުރެން اللَّه ގެ آية ތަކަށް كافر ވެ ، حق އަކާ ނުލައި ނަބީބޭކަލުން قتل ކުރާ ބަޔަކު ކަމުގައިވީތީއެވެ . އެއީ ، އެއުރެން އުރެދިގަނެ ، އެކަމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެން ވިކަމަށްޓަކައެވެ .
(trg)="s2.61"> 그들이 모세에게 말하기를 모세여 음식 한가지로만 살 수 없 나니 목초와 오이 마늘과 아다스 그리고 양파를 하나님께 구원하여 주소서 모세 가로되 그것들보다 더 좋은것을 주셨는데 너회는 이 하찮은 것과 바꾸려 하느뇨 아무 곳이나 자 보아라 너회가 구한 것을 얻을지니 이에 하나님은 그들 을 보잘 것 없고 처량한 족속으로만들었으며 그들은 하나님의 노여움을 샀도다 . 그들은 하나님의 말씀을 부인하고 예언자들을 무차별살해했으니 이들은 불신자들이라

(src)="s2.62"> ހަމަކަށަވަރުން إيمان ވެއްޖެ މީސްތަކުންނާއި ، يهودى ން ކަމުގައިވި މީހުންނާއި ، نصارى އިންނާއި ، صابئ ންނާއި ( މިއެންމެންގެ ތެރެއިންވެސް ) اللَّه އަށާއި آخرة ދުވަހަށް إيمان ވެ ، صالح عمل ކުޅަ މީހުންގެ ވެރިރަސްކަލާނގެ حضرة ގައި ، އެއުރެންގެ ދަރުމަ ، އެއުރެންނަށް ހުށްޓެވެ . އަދި އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ . އަދި އެއުރެންނީ ، ހިތާމަކުރާ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ . ( ނޯޓު : صابئ ންނަކީ دين އެއްނެތް މީހުން ކަމަށާއި ، ތަރިތަކަށާއި ، ملائكة ންނަށް އަޅުކަންކުރާ މީހުން ކަމަށް ބުނެވެއެވެ . )
(trg)="s2.62"> 꾸란을 믿는 자들이나 구약 을 믿는자들이나 그리스도인과 천사들을 믿는 사비안들이나 하나님과 내세를 믿고 선행을 행하는 자에게는 주님의 보상이 있을 것이 며 그대들에게는 두려움도 슬픔도없을 것이라

(src)="s2.63"> ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕަވައި ، ތިޔަބައިމީހުންގެ ( ބޮލާދިމާ ) މައްޗަށް طور ފަރުބަދަ އުފުއްލެވި ހިނދު ، ހަނދުމަކުރާށެވެ ! ( އެހިނދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވީމެވެ . ) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި އެއްޗެއްގައި ( އެބަހީ : ތިމަންރަސްކަލާނގެ ފޮތުގައި ) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ ! އަދި އެފޮތުގައިވާ ގޮތް ތިޔަބައިމީހުން ހަނދުމަ ކުރާށެވެ ! ( އެއީ ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ .
(trg)="s2.63"> 너회 유대인과 구약성서에 있는대로 약속을 했으며 뚜르산을너회들 위로 을렸노라 너회에게 내려준 것을 확고히 잡을 것이며 그 안의 뜻을 생각하라 의로운 사람들이 될 것이라

(src)="s2.64"> ދެން އޭގެފަހުން ތިޔަބައިމީހުން ( އެ عهد އަށް ) ފުރަގަސްދީ ، އެނބުރި ހިނގައްޖައީމުއެވެ . ފަހެ ، اللَّه ގެ فضل ވަންތަކަމާއި ، އެކަލާނގެ رحمة ވަންތަކަން ، ތިޔަބައިމީހުންގެމައްޗަށް ނުވާނަމަ ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިޔަބައިމީހުން ވީސްކަން ކަށަވަރެވެ .
(trg)="s2.64"> 그러나 너회는 이를 볼신했 나니 하나님이 너희에게 은총과 자비를 베풀지 않으셨다면 너희는명망하는 자 중에 있을 것이라

(src)="s2.65"> އަދި ތިޔަބައިމީހުންގެ ތެރެއިން ، ހޮނިހިރުދުވަހާމެދު ( ދެކޮޅުވެރިވެ ، ނުކިޔަމަންތެރިވުމުގައި ) ހައްދުފަހަނަޅައިދިޔަ މީހުންގެ ވާހަކަ ، ތިޔަބައިމީހުންނަށް އެނގިފައިވާކަން ކަށަވަރެވެ . ފަހެ ، ތިމަންރަސްކަލާނގެ ، އެއުރެންނަށް އެންގެވީމެވެ . ތިޔަބައިމީހުން ދެރަވެ ، ނިކަމެތި ވެގެންވާ ރާމާމަކުނުތަކަކަށް ވާށެވެ !
(trg)="s2.65"> 너회 가운데 안식일을 위반 한 자들이 있음을 너회가 알고 하나님이 그들에게 이르길 그대들은원숭이가 되어 저주를 받을 것이 라

(src)="s2.66"> ފަހެ ، އެކަންތަކުގެ ކުރިމަތީގައިވާ މީހުންނަށާއި ، އޭގެފަހުން އަންނާނޭ މީހުންނަށް ވަރުގަދަ عبرة އެއް ކަމުގައްޔާއި ، تقوى ވެރިންނަށް ފުރިހަމަ نصيحة އެއް ކަމުގައި ތިމަންރަސްކަލާނގެ އެކަންތައް ލެއްވީމެވެ .
(trg)="s2.66"> 그리하여 하나님은 그 세대 의 백성과 그들의 후손들에게 벌 을 내렸으며 하나님을 두려워 하 는 사람들에게는 교훈을 주었노라

(src)="s2.67"> އަދި موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތުގައި ( މިފަދައިން ) ވިދާޅުވިހިނދު ، ( ހަނދުމަކުރާށެވެ ! ) ތިޔަބައިމީހުން ގެރިއެއް ކަތިލުމަށް ހަމަކަށަވަރުން اللَّه ، ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ . އެއުރެން ދެންނެވޫއެވެ . ފުރައްސާރަކުރެވޭ ބަޔަކު ކަމުގައި ކަލޭގެފާނު ތިމަންމެން ހައްދަވަނީތޯއެވެ ؟ އެކަލޭގެފާނު ވިދާޅުވިއެވެ . ( އެފަދަ ކަންތައްކުރާ ) جاهل ންގެ ތެރެއިން ، ( ވެވަޑައިނުގަތުންއެދި ) ތިމަންކަލޭގެފާނު اللَّه ގެ حضرة ން ރައްކާތެރިކަން ލިބިވަޑައިގަންނަވަމެވެ .
(trg)="s2.67"> 모세가 그의 백성에게 이르 되 하나님께서 너회들에게 명령했노라 암송아지 한 마리를 잡아 바치라고 하니 당신은 우리들을 조 룽하는가 라고 그들이 웅답하더라이때 모세 가로되 주여 이같은 몽매한 자가 되지 않도록하여주소서

(src)="s2.68"> އެއުރެން ދެންނެވޫއެވެ . އެއީ ކޮންކަހަލަ ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ ! އެކަލޭގެފާނު ވިދާޅުވިއެވެ . ހަމަކަށަވަރުން ، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ . ހަމަކަށަވަރުން އެއީ ، ދުވަސްވެ މުސްކުޅިވެފައިވާ ގެރިއެއް ނޫނެވެ . ޅަގެރިއެއްވެސް ނޫނެވެ . އެ ދެމެދުގެ ގެރިއެކެވެ . ފަހެ ، ތިޔަބައިމީހުންނަށް أمر ކުރައްވާ ކަންތައް ތިޔަބައިމީހުން ކުރާށެވެ !
(trg)="s2.68"> 그들이 말하길 그것이 어떤 소인지 당신의 주님께 간청하여 설명하여 달라 하니 가로되 그 소는 늙지도 않고 어리지도 않는 중간의 것이라 너회들은 명받은대로행하라

(src)="s2.69"> އެއުރެން ދެންނެވޫއެވެ . އެ ގެރީގެ ކުލައަކީ ކޮބައިކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ ! އެކަލޭގެފާނު ވިދާޅުވިއެވެ . ހަމަކަށަވަރުން ، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ . އެއީ ، ހަމަކަށަވަރުން ބަލާމީހުންނަށް އުފާވެރިކަން ދެނިވި ، ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ .
(trg)="s2.69"> 그것은 또 무슨 색깔인지 당신의 주님께 청하여 설명하여 달 라하니 가로되 그 소는 맑고 노 란색이며 보는이를 감탄케 하노라

(src)="s2.70"> އެއުރެން ދެންނެވޫއެވެ . އެއީ ކޮން ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ ! ( އެހެނީ ) ހަމަކަށަވަރުން ( ތިޔަ ސިފަކުރައްވާ ) ގެރި އަޅުގަނޑުމެންނަށް އޮޅިއްޖެއެވެ . اللَّه އިރާދަކުރެއްވިއްޔާ ހަމަކަށަވަރުން ތިމަންމެން ވާހުށީ ( އެކަމަށް ) ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައެވެ .
(trg)="s2.70"> 그들이 말하길 그것이 어떤 소인지 당신의 주님께 청하여 설 명하여 달라 실로 그 암소들이 우리에게는 닮아보이도다 진실로 우리는 하나님의 뜻이라면 그것을 알게 되리라

(src)="s2.71"> އެކަލޭގެފާނު ވިދާޅުވިއެވެ . ހަމަކަށަވަރުން ، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ . ހަމަކަށަވަރުން އެއީ ، ދަނޑުބިމުގެ ފަސްގަނޑުޖަހާ ނިކަމެތި ގެރިއެއް ނޫނެވެ . އަދި ދަނޑަށް ފެންދޭ ގެރިއެއްވެސް ނޫނެވެ . ( عيب ތަކުން ) ސަލާމަތް ވެގެންވާ ، އޭގައި އެއްވެސް ލަފެއްނެތް ގެރިއެކެވެ . އެއުރެން ދެންނެވޫއެވެ . މިހާރު ކަލޭގެފާނު އޮޅުމެއްނެތް ސާފުބަޔާން ގެނެސްދެއްވައިފީމުއެވެ . ދެން އެއުރެން އެ ގެރި ކަތިލައިފޫއެވެ . އެއުރެންތިބީ ، އެކަން ކުރާހިތަކުން ނޫނެވެ .
(trg)="s2.71"> 가로되 그 소는 땅을 일구고물을 대도록 길들여지지 아니한 흠이 없는 건전한 것이라 하니 이제 당신은 사실을 설명 하였소 라고 말하며 마지 못하여 그 소를 회생 하였더라

(src)="s2.72"> ތިޔަބައިމީހުން މީހަކު މަރާލާފައި ، އެ މަރާމެދު ދެބަސްވެ خلاف ވިހިނދު ، ހަނދުމަކުރާށެވެ ! ތިޔަބައިމީހުން ވަންހަނާކޮށްއުޅުނު ކަންތައް ، اللَّه ހާމަކުރައްވައި ، ނެރުއްވާހުށްޓެވެ .
(trg)="s2.72"> 너회가 한 인간을 살인하고 서 이 사실을 감추려할 때 하나님께서는 너회가 숨긴 것을 들추어 내시니라

(src)="s2.73"> ދެން ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ . އޭގެ ( އެބަހީ : އެ ކަތިލި ގެރީގެ ) އެތިކޮޅަކުން ، އެ ( މަރުވެފައިވާ ) މީހާގެ ގައިގައި ތިޔަބައިމީހުން ޖަހާށެވެ ! ( ދެން އެއުރެން ޖެހި ހިނދު ، އެމީހާ އަލުން ދިރިއްޖެއެވެ . ) މަރުވެފައިވާ ތަކެތި ، اللَّه އަލުން ދިރުއްވަނީ އެފަދައިންނެވެ . އަދި ތިޔަބައިމީހުންނަށް ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދައްކަވަނީވެސް ، އެފަދައިންނެވެ . ( އެއީ ) ތިޔަބައިމީހުން ވިސްނައި ދެނެގަތުމަށްޓަކައެވެ .
(trg)="s2.73"> 그 소의 일부를 가지고 그 시체를 때리라하여 하나님께서 죽은 자를 소생시켜 그분의 예증 을 그처럼 밝히시니 너회는 이해 하게 되리라

(src)="s2.74"> ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ގާވެ ހަރުކަށިވިއެވެ . ފަހެ ، އެ ހިތްތައް ހިލައެކޭ އެއްފަދައެވެ . ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ . ( އެހެނީ ) ހަމަކަށަވަރުން ، އެއިން ފެން ކޯރުތައް އުފެދިގެން އަންނަ ހިލަ ، ހިލަތަކުގެ ތެރެއިންވެއެވެ . އަދި ހަމަކަށަވަރުން ، ފަޅިފަޅިވެގެންގޮސް އެއިން ފެން ނިކުންނަ ހިލަވެސް އޭގެތެރެއިން ވެއެވެ . އަދި ހަމަކަށަވަރުން ، اللَّه އަށް ބިރުުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަވެސް އޭގެތެރެއިން ވެއެވެ . ތިޔަބައިމީހުން ކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ .
(trg)="s2.74"> 그런후에도 너회의 마음은 바위처럼 아니 그보다 단단하게 굳어졌노라 바위가 쪼개져 강이 흐르고 그 강이 갈라져 물이 흘러나오며 하나님이 두려워 바위도 무너지도다 하나님은 그들이 행하는 모든 것을 알고 계시니라

(src)="s2.75"> ފަހެ ، ތިޔަބައިމީހުންނަށް ( އެބަހީ : رسول އާ އާއި مؤمن ންގެ ގޮވާލުމަށް ) އެއުރެން ( އިޖާބަދީ ) إيمان ވުމަށް ، ތިޔަބައިމީހުން އުންމީދު ކުރަނީ ހެއްޔެވެ ؟ اللَّه ގެ كلام ފުޅު އަހައި ، އެއުރެން އެ كلام ފުޅު ވިސްނައި ދެނެގަތުމަށްފަހު ، އެއުރެން ދެނެތިބެ ، ދެން އެ كلام ފުޅު ބަދަލުކުރާ ބަޔަކު އެއުރެންގެ ތެރެއިން ވާކަން ކަށަވަރެވެ .
(trg)="s2.75"> 너회들은 그들이 너회와 더 불어 믿음을 같이 하기를 바라느 뇨 그들의 무리가 하나님의 말씀 을 듣고 이해 하면서도 그 말씀을왜곡하도다

(src)="s2.76"> އަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ ، އެއުރެން ބުނެއުޅެނީ ، ތިމަންމެން މިތިބީ إيمان ވެގެންނެވެ . އަދި އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ ، އެއްތަންވެއްޖެނަމަ ، އެއުރެން ބުނެތެވެ . ( توراة ގައި ) اللَّه ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވައި އަންގަވާފައިވާ އެންގެވުންތަކުގެ ވާހަކަ އެއުރެންނަށް ( އެބަހީ : مسلم ންނަށް ) ތިޔަބައިމީހުން ކިޔައިދެނީ ހެއްޔެވެ ؟ ( އޭރުން ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި އެއިން ތިޔަބައިމީހުންގެ މައްޗަށް އެއުރެން ( އެބަހީ : مسلم ން ) حجة ދައްކައިފާނެތެވެ . ފަހެ ، ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ ؟
(trg)="s2.76"> 보라 그들이 믿는 사람들을 만났을때는 우리도 믿나이다 라고말하고 그들이 각각 만났을때는 하나님 앞에서 증거가 되도록 하 나님이 너회들에게 계시한 것을 그들에게 얘기해야 되느뇨 너회 들은 이해하지 못하는 자들이 아 니더뇨 하더라

(src)="s2.77"> އެއުރެން ސިއްރުކުރާހާ ކަންތަކާއި ފާޅުކުރާހާ ކަންތައް ، اللَّه ދެނެވޮޑިގެންވާކަން ، އެއުރެން ނުދަންނަނީހެއްޔެވެ ؟
(trg)="s2.77"> 그들이 숨기는 것과 말하는 것을 하나님께서 알고 계신다는 것을 그들은 모르고 있단 말이뇨

(src)="s2.78"> އަދި އެއުރެންގެތެރޭގައި ލިޔާންކިޔާން ނުދަންނަ މީހުންވެސްވެއެވެ . ފޮތުންވެސް ، مستحيل އުންމީދުތަކެއްނޫނީ އެއުރެންނަކަށް ނުފެނެއެވެ . އަދި ހީތަކެއް ކުރާކަމުގައިނޫނީ ، އެއުރެން ނުވެތެވެ .
(trg)="s2.78"> 그들 중에는 글을 알지못하 여 그 성서를 알지 못하매 단지 추측만을 했을 뿐이라

(src)="s2.79"> ފަހެ ، އެއުރެންގެ އަމިއްލަ އަތުން ފޮތްލިޔެ ، މިއީ اللَّه ގެ حضرة ން ބާވައިލެއްވި ފޮތޭ ބުނާ މީހުންނަށް ގެއްލުމާއި ހަލާކުހުށްޓެވެ . ( އެއުރެން އެކަންކުރަނީ ) ކުޑައަގެއް އެއަށް ގަތުމަށްޓަކައެވެ . ފަހެ ، އެއުރެންގެ އަމިއްލަ އަތުން ލިޔުނު ތަކެތީގެ ސަބަބުން ، އެއުރެންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ . އަދި އެއުރެން ހޯދައިގަންނަ ތަކެތިންވެސް ، އެއުރެންނަށް ގެއްލުމާއި ހަލާކުހުށްޓެވެ .
(trg)="s2.79"> 그들 손으로 그 성서를 써서 이것이 하나님으로부터 온 것이니 값싸게 사소서 라고 말하는 그들 에게 재앙이 있을 것이며 그것을 쓴 그들의 손에도 재앙이 올 것이 며 그로써 금전을 모으는 자들에 게 큰 재앙이 있을 것이라

(src)="s2.80"> އަދި އެއުރެން ބުނޫއެވެ . عدد ކުރެވިގެންވާ ( އެބަހީ : މަދު ) ދުވަސްކޮޅެއްގައި މެނުވީ ، ނަރަކައިގެ އަލިފާން ތިމަންމެން ގަޔަކު ނުބީހޭނެތެވެ . ކަލޭގެފާނު ވިދާޅުވާށެވެ ! ތިޔަބައިމީހުން اللَّه ގެ حضرة ން ( އެކަމަށް ) عهد އެއް ހިފާފައި އޮތީހެއްޔެވެ ؟ އެހެންކަމަށްވަނީނަމަ ، اللَّه އެކަލާނގެ عهد ފުޅަކާ خلاف ވެވޮޑިއެއް ނުގަންނަވާނެތެވެ . ނޫންނަމަ ، ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް ، اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ ؟
(trg)="s2.80"> 그들은 불의 재앙이 몇일간 을 제외하고는 오지 않을 것입니 다 라고 말하니 일러 가로되 하나님께서 그렇게 약속했느뇨 실로 하나님께서는 그분의 약속을 어기지 않으시니 너회는 하나님에 관 해 알지 못하는 것을 말하려 하느뇨

(src)="s2.81"> އެހެންނަކުންނޫނެވެ . ފާފަކޮށް ، އެމީހެއްގެކުށް އެމީހަކު ވަށާލައިފި މީހުންނީ ( އެބަހީ : އެއުރެންގެ ކުށްތަކުގެ ތެރެޔަށް ގެނބިގެންފި މީހުންނީ ) ނަރަކައިގެ أهل ވެރިންނެވެ . އެއުރެންނީ ، އެތާނގައި ދެމިތިބޭނޭ މީހުންނެވެ .
(trg)="s2.81"> 사악을 저지르는 자 죄악이 그를 포섭하니 그는 불지옥의 주 인이 되어 그곳에서 영원히 기거 하리라

(src)="s2.82"> އަދި إيمان ވެ صالح عمل ތައް ކުޅަމީހުން ، އެއީ ސުވަރުގޭގެ أهل ވެރިންނެވެ . އެއުރެންނީ ، އެތާނގައި ދެމިތިބޭނޭ މީހުންނެވެ .
(trg)="s2.82"> 그러나 믿음으로 선행을 행 하는자는 천국의 주인이 되어 그 곳에서 영생하리라

(src)="s2.83"> إسـرآءيـل ގެ ދަރިންގެ ކިބައިން ، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު ، ހަނދުމަކުރާށެވެ ! އެއީ ، اللَّه އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ . އަދި މައިންބަފައިންނާއި ، ގާތްތިމާގެ މީހުންނާއި ، يتيم ންނާއި ، مسكين ންނަށް ހެޔޮކޮށް ހިތުމަށެވެ . އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ ! އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ ! އަދި زكاة ދޭށެވެ ! ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ حال ، ތިޔަބައިމީހުންގެ ތެރެއިން މަދު ބަޔަކު މެނުވީ ( عهد ފުއްދުމަށް ) ފުރަގަސްދިނީއެވެ .
(trg)="s2.83"> 이스라엘 백성에게 약속을 하사 하나님 외에는 어떤 것도 경배하지 말며 부모와 친척에게 고아와 불우한 자들에게 자선 을 베풀고 사람에겐 겸손하며 예 배를 드리고 인슬람세를 바치라 했거늘 너희중 소수를 제외하고는외면하며 등을 돌리도다

(src)="s2.84"> އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު ހަނދުމަކުރާށެވެ ! އެއީ ، ތިޔަބައިމީހުންގެ ލޭ ތިޔަބައިމީހުން ނުއޮހޮރުވުމަށެވެ . އަދި ތިޔަބައިމީހުންގެ ގޯތިގެދޮރުން ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ނުނެރުމަށެވެ . ދެން ތިޔަބައިމީހުން ( އެކަމަށް ) ހެކިވެ ތިބޭ حال ( އެ عهد އަށް ) އެއްބަސްވެ إقرار ވީމުއެވެ .
(trg)="s2.84"> 하나님이 너희에게 성약을 하사 너회 백성들의 피를 흘려서 도 않되며 백성들의 일부를 너희 주거지로부터 추방해서도 아니된 다 하였거늘 너회는 엄숙히 약속 한 증인들이 아니더뇨

(src)="s2.85"> ދެން ހަމަ ތިޔަބައިމީހުން ، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް މަރައި ، އަދި ތިޔަބައިމީހުންގެ ބަޔަކު ، އެއުރެންގެ ގޯތިގެދޮރުން ނެރެލައި ތިޔަހަދަނީއެވެ . އެއީ ، ފާފަވެރިކަމާއި عداوة ތެރިކަމުގެ ގޮތުން އެއުރެންގެ މައްޗަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ވާގިވެރިވެ ، އެހީތެރިވާ حال ގައެވެ . އަދި އެއުރެންގެ ތެރެއިން ހައްޔަރުވެވޭ މީހުން ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ ، ތިޔަބައިމީހުން އެއުރެންގެ فدية ދީ ، އެއުރެން ސަލާމަތްކުރެތެވެ . އަދި ( އެއުރެންގެ ގޯތިގެދޮރުން ) އެއުރެން ނެރެލުމީ ، ތިޔަބައިމީހުންގެ މައްޗަށް حرام ވެގެންވާ ކަމެކެވެ . ފަހެ ، ފޮތުން ބަޔަކަށް ތިޔަބައިމީހުން إيمان ވެ ، އަނެއްބަޔަށް كافر ވަނީ ހެއްޔެވެ ؟ ފަހެ ، ތިޔަބައިމީހުންގެ ތެރެއިން އެކަންތައްކުރާ މީހުންގެ ޖަޒާއަކީ ، ދުނިޔޭގެ حياة ގައި ދެރަކަމާއި ނިކަމެތިކަން ލިބުންކަމުގައި މެނުވީ ނުވެއެވެ . އަދި قيامة ދުވަހުން ގަދަފަދަ عذاب ގެ ތެރެޔަށް އެއުރެން ފޮނުއްވާހުށްޓެވެ . އަދި ހަމަކަށަވަރުން ، ތިޔަބައިމީހުންކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ .
(trg)="s2.85"> 그런후에도 서로 살생을 하 고 주거지로부터 추방을 하며 죄 악과 앙심을 조성하고 포로가 될 때는 보석금을 갈취하도다 실로 그들을 추방하는 것은 불법이며 성서의 일부만 믿고 일부를 불신 하는 자 그들을 위한 현세의 보 상은 무엇이겠느뇨 실로 이생에서 치욕이 있을 뿐이며 심판의 날 엄 한 응벌이 있을 것이라 실로 하나 님께서는 너회가 행하는 모든 것 을 알고 계심이라

(src)="s2.86"> އަހުރެންނީ ، آخرة ގެ ބާއްޖަވެރިކަމުގެ ބަދަލުގައި ، ދުނިޔޭގެ ދިރިއުޅުން ހޯދައިގަތް މީހުންނެވެ . ފަހެ ، އެއުރެންގެ ކިބަޔަކުން عذاب އެއް ލުޔެއް ނުކުރައްވާހުށްޓެވެ . އަދި نصر ލިބޭނޭ ބަޔަކު ކަމުގައިވެސް ، އެއުރެން ނުވެތެވެ .
(trg)="s2.86"> 그들은 내세를 팔아 현세를 사는 자들이니 그들의 죄는 경감 되지 않으며 어떤 도움도 없을 것 이라

(src)="s2.87"> ހަމަކަށަވަރުން ، ތިމަންރަސްލާނގެ موسى ގެފާނަށް ފޮތް ( އެބަހީ : توراة ) ދެއްވީމެވެ . އަދި އެކަލޭގެފާނަށް ފަހުގައި ވިދިވިދިގެން رسول ބޭކަލުން ފޮނުއްވީމެވެ . އަދި مريم ގެފާނުގެ ދަރިކަލުން عيسى ގެފާނަށް ތިމަންރަސްކަލާނގެ ފާޅުވެގެންވާ معجزات ތައް ދެއްވީމެވެ . އަދި روح القدس ގެ އެހީފުޅުން އެކަލޭގެފާނަށް ގަދަކަން ދެއްވީމެވެ . ފަހެ ، ތިޔަބައިމީހުންގެ نفس ތައް ނޭދޭ ކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް رسول އަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި ( އެކަމަށް އިޖާބަނުދީ ) ތިޔަބައިމީހުން ބޮޑާވެގަންނަނީ ހެއްޔެވެ ؟ ފަހެ ، ތިޔަބައިމީހުން އޭގެ ބަޔެއް رسول ން ދޮގުކުޅައީމުއެވެ . އަނެއްބައި رسول ން قتل ކުޅައީމުއެވެ .
(trg)="s2.87"> 하나님은 모세에게 성서를 주었고 그를 이어 예언자들을 오 게 하였으며 마리아의 아들 예수 에게 권능를 주어 성령으로그를 보호케 하였노라 너회들이 바라 지 않는 한 선지자가 왔을 때 너 회들은 자태를 부리고 일부는 거 짓을 일삼고 일부는 살인을 행한 다 말이뇨

(src)="s2.88"> އެއުރެން ބުނީ ތިމަންމެންގެ ހިތްތައްވަނީ އުރައެއްލެވި ބަންދުވެފައެވެ . އެހެނެއްނޫނެވެ . އެއުރެންގެ كافر ކަމުގެ ސަބަބުން ، اللَّه އެއުރެންނަށް لعنة ލެއްވީއެވެ . ފަހެ ، އެއުރެން إيمان ވަނީ ވަރަށްވެސް ކުޑަކޮށެވެ .
(trg)="s2.88"> 이때 그들은 저희의 마음이 굳었나이다 라고 대답하도다 그러나 하나님께서 그들의 불신함에 저주를 내리시니 그들이 믿지 않 기 때문이라

(src)="s2.89"> އަދި އެއުރެންނާ އެކުގައިވާ ފޮތްތައް ( އެބަހީ : توراة އާއި إنجيل ) ގަބޫލުކޮށް ތެދުކުރާގޮތުގައި اللَّه ގެ حضرة ން އެއުރެންނާހަމަޔަށް ފޮތެއް ( އެބަހީ : قرآن ) އައިހިނދު ( އެފޮތް އެއުރެން ދޮގުކުރޫއެވެ . ) އޭގެ ކުރިން ، އެއުރެން ، كافر ވެގަތް މީސްތަކުންގެ މައްޗަށް نصر އެދޭކަމުގައި ވޫއެވެ . ދެން އެއުރެންނަށް އެނގިފައިވާ حق ގޮތް އެއުރެންނާހަމަޔަށް އައިހިނދު އެއަށް އެއުރެން كافر ވޫއެވެ . ފަހެ ، كافر ންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ .
(trg)="s2.89"> 그들에게 하나님으로부터 성서가 도래하였을 때 이는 이미 확증된 것이거늘 이것은 불신자 들에 대한 승리라 그러나 그들이 알고 있는 그분이 왔을 때 그들은그것을 불신하였나니 이들 불신 자들에 하나님의 저주가 있을 것 이라

(src)="s2.90"> އެއުރެންގެ نفس ތައް އެކަމަކަށް ވިއްކައިލި ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ ! އެއީ ، اللَّه ބާވައިލެއްވި ތަކެއްޗަށް ( އެބަހީ : قرآن އަށް ) އެއުރެން كافر ވުމެވެ . ( އެއުރެން އެ كافر ވީ ) اللَّه ގެ فضل ވަންތަކަމުން އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވި ބަޔަކުގެ މައްޗަށް ބާވައިލެއްވި ބާވައިލެއްވުމަށް حسد ވެރިވުމުގެ ގޮތުންނެވެ . ދެން ކޯފާގެ މައްޗަށް ކޯފާ އާއިގެން އެއުރެން އެނބުރި އަތުވެއްޖައޫއެވެ . އަދި كافر ންނަށް ހުރީ އިހާނަތްތެރިކަން ދެނިވި عذاب އެވެ .
(trg)="s2.90"> 자기의 영혼을 파는 사람과 하나님이 계시한 것을 불신하는 자들에게 하나님이 원하는 그분 의 종에게 그분의 은혜가 내려지 는 것을 시기하는 자들 위에 재앙이 있을 것이라 그들은 분노에 분노를 초래하였으니 불신자들에 게는 수치스러운 징벌이 있을 것 이라

(src)="s2.91"> އަދި اللَّه ބާވައިލެއްވި ފޮތަށް ( އެބަހީ : قرآن އަށް ) ތިޔަބައިމީހުން إيمان ވާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ ، އެއުރެން ބުނެތެވެ . ތިމަންމެން إيمان ވާނީ ، ތިމަންމެންގެ މައްޗަށް ބާވައިލެއްވި ފޮތަށެވެ . އޭގެފަހުން ބާވައިލެއްވި ފޮތަށް ( އެބަހީ : قرآن އަށް ) އެއުރެން كافر ވަނީ ، އެއުރެންނާ އެކުގައިވާފޮތް ( އެބަހީ : توراة ) ތެދުކުރާ حق ފޮތްކަމުގައި ، އެ قرآن ވާ حال ގައެވެ . ކަލޭގެފާނު ވިދާޅުވާށެވެ ! ތިޔަބައިމީހުން مؤمن ން ކަމުގައިވަނީނަމަ ، މީގެކުރީގައި ތިޔަބައިމީހުން اللَّه ގެ ނަބިއްޔުން قتل ކޮށް އުޅުނީ ފަހެ ، ކީއްވެގެންހެއްޔެވެ ؟
(trg)="s2.91"> 하나님이 내린 계시를 믿으 라 했을 때 우리에게 계시된 것 을 믿나이다 라고 대답하되 그 이후의 것은 그것이 사실임을 확 증하면서도 불신하도다 그들이 믿는 자들이라면 그 이전의 선지 자들을 왜 살해 하였는가 그들에 게 물어보라

(src)="s2.92"> އަދި ހަމަކަށަވަރުން ، ބަޔާންވެގެންވާ معجزات ތަކާއިގެން موسى ގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތެވެ . ދެން އެކަލޭގެފާނު ދުރަށްވަޑައިގަތުމަށްފަހު ، ތިޔަބައިމީހުން ، ގެރިއަކީ إله އަކު ކަމުގައި ބަލައިގެން އުޅުނީމުއެވެ . ( އެއީ ) އަނިޔާވެރި ބަޔަކުކަމުގައި ތިޔަބައިމީހުންވާ حال ގައެވެ .
(trg)="s2.92"> 모세가 예증들을 갖고 너희 에게 왔으나 그가 없는 동안 너 회는 송아지를 숭배했나니 너회는우매한 자들이라

(src)="s2.93"> އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕަވައި ، އަދި ތިޔަބައިމީހުންގެ މައްޗަށް طور ފަރުބަދަ އުފުއްލެވިހިނދު ހަނދުމަކުރާށެވެ ! ( އެހިނދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވީމެވެ . ) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި އެއްޗެއްގައި ، ( އެބަހީ : ފޮތުގައި ) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ ! އަދި ( ތިޔަބައިމީހުންނަށް ކުރެވޭ أمر ތައް ) ތިޔަބައިމީހުން އަހާށެވެ ! އެއުރެން ދެންނެވޫއެވެ . ތިމަންމެން ( ތިޔަ ބަސްފުޅު ) އަހައި ( ތިޔަ أمر ފުޅަށް ) ނުކިޔަމަންތެރިވެ އުރެދިއްޖައީމުއެވެ . އަދި އެއުރެންގެ كافر ކަމުގެ ސަބަބުން ، ގެރިއަށް އަޅުކަންކުރުމުގެ ލޯބި އެއުރެންގެ ހިތްތަކުގައިވަނީ ވަރުގަދައަކަށް ހިފައިފައެވެ . ކަލޭގެފާނު ވިދާޅުވާށެވެ ! ( ތިޔަބުނާހެން ) ތިޔަބައިމީހުންނީ ، إيمان ވާ ބަޔަކުކަމުގައި ވަނީނަމަ ، ތިޔަބައިމީހުންގެ إيمان ކަން ، އެކަމަކަށް ތިޔަބައިމީހުންނަށް أمر ކުރާ ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ !
(trg)="s2.93"> 하나님이 너희와 성약을 한 것과 너회들 위로 시나이 산을 솟게하고 너회에게 내려준 것을 지 키며 그 율법에 귀를 기울이라 했을때 우리는 들었으나 당신이 우 리에게 명령한 것은 거절하도다 라고 말하니 그들은 자신들의 불 신으로 말미암아 그들의 마음속에암송아지 가루의 물을 마셔야만 했더라 일러가로되 너희가 어떤 믿음을 가졌다 해도 너회의 믿음 에는 저주가 있으리라