# bs/korkut.xml.gz
# dv/divehi.xml.gz


(src)="s1.1"> U ime Allaha , Milostivog , Samilosnog !
(trg)="s1.1"> رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ .

(src)="s1.2"> Tebe , Allaha , Gospodara svjetova , hvalimo ,
(trg)="s1.2"> حمد ހުރީ ، عالم ތަކުގެ ވެރި اللَّه އަށެވެ .

(src)="s1.3"> Milostivog , Samilosnog ,
(trg)="s1.3"> ( އެކަލާނގެއީ ) رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ .

(src)="s1.4"> Vladara Dana sudnjeg ,
(trg)="s1.4"> قيامة ދުވަހުގެ ވެރި ރަސްކަލާނގެއެވެ .

(src)="s1.5"> Tebi se klanjamo i od Tebe pomoć tražimo !
(trg)="s1.5"> އަޅަމެން އަޅުކަންކުރަނީ ، އިބަރަސްކަލާނގެއަށެވެ . އަދި އަޅަމެން ވާގިއެދެނީ ، އިބަރަސްކަލާނގެ حضرة ންނެވެ .

(src)="s1.6"> Uputi nas na Pravi put ,
(trg)="s1.6"> އަޅަމެންނަށް ، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ !

(src)="s1.7"> na Put onih kojima si milost Svoju darovao , a ne onih koji su protiv sebe srdžbu izazvali , niti onih koji su zalutali !
(trg)="s1.7"> ( އެއީ ) އެއުރެންނަށް އިބަރަސްކަލާނގެ نعمة ދެއްވި މީހުންގެ މަގެވެ . އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ . އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ .

(src)="s2.1"> Elif Lām Mīm .
(trg)="s2.1"> ا ل م ( މިއަކުރުތަކާއި ބައެއް سورة ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު ، علم ވެރިންގެމެދުގައި خلاف ހުށްޓެވެ . ބައެއް علم ވެރިން ވިދާޅުވަނީ ، ކީރިތި قرآن އެކުލެވިގެންވަނީ ، عربى ންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް ، އެ އަކުރުތަކަކީ ، قرآن ގެ އެންމެ سورة އަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ ، އެންމެ آية އަކާ އެއްފަދަ އެއްޗެއްވެސް ، އެއުރެންނަށް ގެނެސް ނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެ ގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ . )

(src)="s2.2"> Ova Knjiga , u koju nema nikakve sumnje , uputstvo je svima onima koji se budu Allaha bojali ;
(trg)="s2.2"> މިއީ އެ ފޮތެވެ . އެ ފޮތާމެދަކު شك އެއް ނެތެވެ . ( މިފޮތަކީ ) تقوى ވެރިންނަށްހުރި هداية އެކެވެ .

(src)="s2.3"> onima koji u nevidljivi svijet budu vjerovali i molitvu obavljali i udjeljivali dio od onoga što im Mi budemo davali ;
(trg)="s2.3"> އެއުރެންނީ ، غيب އަށް إيمان ވާ ، އަދި ނަމާދު قائم ކުރާ ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ .

(src)="s2.4"> i onima koji budu vjerovali u ono što se objavljuje tebi i u ono što je objavljeno prije tebe , i onima koji u onaj svijet budu čvrsto vjerovali .
(trg)="s2.4"> އަދި އެއުރެންނީ ، ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި ކަލޭގެފާނުގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް إيمان ވާ މީހުންނެވެ . އަދި އެއުރެންނީ ، ހަމަ آخرة ދުވަހާ މެދުގައި يقين ކުރާ މީހުންނެވެ .

(src)="s2.5"> Njima će Gospodar njihov na Pravi put ukazati i oni će ono što žele ostvariti .
(trg)="s2.5"> އެއުރެންވަނީ ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ތެދުމަގުގެ މަތީގައެވެ . އަދި ދިންނަވާނޭ މީހުންނީ ، ހަމަ އެއުރެންނެވެ .

(src)="s2.6"> Onima koji neće da vjeruju doista je svejedno – opominjao ih ti ili ne opominjao – oni neće vjerovati .
(trg)="s2.6"> ހަމަކަށަވަރުން كافر ވި މީސްތަކުންނަށް ، ކަލޭގެފާނު އެއުރެންނަށް إنذار ކުރެއްވިޔަސް ނުވަތަ إنذار ނުކުރެއްވިޔަސް ހަމަހަމަވެގެން ވެއެވެ . އެއުރެން إيمان އެއް ނުވާނެތެވެ .

(src)="s2.7"> Allah je zapečatio srca njihova i uši njihove , a pred očima njihovim je koprena ; njih čeka patnja golema .
(trg)="s2.7"> اللَّه ، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަގައްސަވައި ، ބަންދުކުރައްވާފައެވެ . އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ ، ފަރުދާއެކެވެ . އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ .

(src)="s2.8"> Ima ljudi koji govore : " Vjerujemo u Allaha i u onaj svijet ! " – a oni nisu vjernici .
(trg)="s2.8"> އަދި إيمان ވެގެންވާ ބަޔަކު ކަމުގައި ނުވެތިބެ ، ތިމަންމެން اللَّه އަށާއި آخرة ދުވަހަށް إيمان ވެއްޖައީމުއޭ ބުނާބަޔަކު ، މީސްތަކުންގެ ތެރެއިންވެއެވެ .

(src)="s2.9"> Oni nastoje prevariti Allaha i one koji vjeruju , a oni , i ne znajući , samo sebe varaju .
(trg)="s2.9"> ( އެއުރެން ހީކުރާގޮތުގައި ) اللَّه އަށާއި إيمان ވެގެންތިބި މީހުންނަށް އެއުރެން އޮޅުވައިލަނީއެވެ . އެއުރެން އެ އޮޅުވައިލަނީ ، އެއުރެންގެ އަމިއްލަ نفس ތަކަށް ކަމުގައި މެނުވީ ނުވެއެވެ . އެއުރެންނަށް ( އެކަންވެސް ) ނޭނގެނީއެވެ .

(src)="s2.10"> Njihova srca su bolesna , a Allah njihovu bolest još povećava ; njih čeka bolna patnja zato što lažu .
(trg)="s2.10"> އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ . އެކަމުން ، اللَّه ، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ . އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން ، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ .

(src)="s2.11"> Kada im se kaže : " Ne remetite red na Zemlji ! " – odgovaraju : " Mi samo red uspostavljamo ! "
(trg)="s2.11"> އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ ، އެއުރެންނާދިމާއަށް ބުނެފިނަމަ ، ތިމަންމެންނީ ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ ، އެއުރެން ބުނެތެވެ .

(src)="s2.12.0"> Zar ? !
(src)="s2.12.1"> A , uistinu , oni nered siju , ali ne opažaju .
(trg)="s2.12"> ދަންނާށެވެ ! ހަމަކަށަވަރުން ، އެއުރެންނީ ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ . އެހެނެއްކަމަކު ، އެއުރެންނަށް އެކަން ނޭނގެނީއެވެ .

(src)="s2.13"> Kad im se kaže : " Vjerujte kao što pravi ljudi vjeruju ! " – oni odgovaraju : " Zar da vjerujemo u ono u što bezumni vjeruju ? " – A , uistinu , oni su bezumni , ali ne znaju .
(trg)="s2.13"> އަދި މީހުން إيمان ވި ފަދައިން ތިޔަބައިމީހުން إيمان ވާށޭ ، އެއުރެންނާ ދިމާއަށް ބުނެފިނަމަ ، މޮޔައިން إيمان ވި ފަދައިން އަހަރެމެން إيمان ވާނެހެއްޔޭ ، އެއުރެން ބުނެތެވެ . ދަންނާށެވެ ! ހަމަކަށަވަރުން މޮޔައިންނަކީ ހަމަ އެއުރެންނެވެ . އެހެނެއްކަމަކު ، އެއުރެންނަށް އެކަން ނޭނގެނީއެވެ .

(src)="s2.14"> Kada susretnu one koji vjeruju , govore : " Vjerujemo ! " – a čim ostanu nasamo sa šejtanima svojim , govore : " Mi smo s vama , mi se samo rugamo . "
(trg)="s2.14"> އަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ ، އެއުރެން ބުނެއުޅެނީ ، ތިމަންމެން މިތިބީ إيمان ވެގެންނެވެ . އެއުރެންގެ شيطان ންނާ ( އެބަހީ : ދެކޮޅުވެރިކަމާއި كفر ވެރިކަމުގައި އެއުރެންގެތެރެއިން ކުރިޔަށް ތިބިމީހުންނާ ) އެއުރެން އެއްތަންވެއްޖެނަމަ ، އެއުރެން ބުނެއުޅެނީ ، ތިމަންމެންވަނީ ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ . ހަމަކަށަވަރުން ތިމަންމެންނީ ، ފުރައްސާރަކުރާ ބަޔަކީމުއެވެ .

(src)="s2.15"> Allah njih izvrgava poruzi i podržava ih da u svome nevjerstvu lutaju .
(trg)="s2.15"> اللَّه ، އެއުރެން ކުޅަ ފުރައްސާރައިގެ ޖަޒާ އެއުރެންނަށް ދެއްވާހުށްޓެވެ . އަދި ދެފުށުއެޅޭ حال ގައި ، އެއުރެންގެ އުރެދުމުގައި އުޅުމަށް އެއުރެންނަށް މުއްދަތު ދިގުކުރައްވާނެތެވެ .

(src)="s2.16"> Umjesto Pravim , oni su krenuli krivim putem ; njihova trgovina im nije donijela nikakvu dobit , i oni ne znaju šta rade .
(trg)="s2.16"> އެއުރެންނީ ، ތެދުމަގުގެ ބަދަލުގައި މަގުފުރެދުން ގަތް މީހުންނެވެ . ( އެބަހީ : ތެދުމަގަށް ފުރަގަސްދީ ، މަގުފުރެދުން ހޯދި މީހުންނެވެ . ) ފަހެ ، އެއުރެންގެ އެ ވިޔަފާރިޔަކުން ، އެއުރެންނަކަށް ފައިދާއެއް ނުވިއެވެ . އަދި އެއުރެންނަކީ ، ތެދުމަގު ލިބިގެންވާ ބަޔަކުކަމުގައިވެސް ނުވެތެވެ .

(src)="s2.17"> Slični su onima koji potpale vatru , i kad ona osvijetli njihovu okolicu , Allah im oduzme svjetlo i ostavi ih u mraku , i oni ništa ne vide !
(trg)="s2.17"> އެއުރެންގެ މިސާލަކީ ، އަލިފާންގަނޑެއް ރޯކޮށްގެންތިބި ބަޔެއްގެ މިސާލެވެ . ފަހެ އެ އަލިފާންގަނޑު ، އެއުރެންގެ ވަށައިިގެންވާތަނަށް އަލިކޮށްލިހިނދު ، اللَّه އެއުރެންގެ ( އެ އަލިފާންގަނޑުގެ ) އަލިިކަން ގެންދަވައި އެއުރެންނަށް އެއްޗެއް ނުފެންނަފަދަ އަނދިރިތަކެއްގެ ތެރެޔަށް އެއުރެން ދޫކުރެއްވީއެވެ .

(src)="s2.18"> Gluhi , nijemi i slijepi su , nikako da se osvijeste .
(trg)="s2.18"> ( އެއުރެންނީ ) ބީރު ބަޔެކެވެ . މަންމަން ބަޔެކެވެ . ކަނު ބަޔެކެވެ . ފަހެ ، އެއުރެން ( حق ގެ މަގަކަށް ) رجوع އެއް ނުވާނެތެވެ .

(src)="s2.19"> Ili , oni su nalik na one , koji za vrijeme silnog pljuska s neba , u punom mraku , usred grmljavine i munja , stavljaju zbog gromova prste u uši svoje bojeći se smrti – a nevjernici ne mogu umaći Allahu .
(trg)="s2.19"> ނުވަތަ އެއުރެންގެ މިސާލަކީ ، އެ ވިލާގަނޑެއްގައި އަނދިރިތަކަކާއި ގުގުރުމާއި ވިދުން ( އެކުލެވިފައި ) ވާގޮތުގައި އުޑުމަތީގައިވާ ވާރޭވިލާގަނޑެއްގެ މިސާލެވެ . ހޮނުގެ ސަބަބުން މަރުވެދާނެކަމަށް ބިރުން ، އެއުރެންގެ ކަންފަތްތަކުގައި އެއުރެންގެ އިނގިލިތައް އަޅަތެވެ . اللَّه އީ ، އެ كافر ންގެ ހުރިހައި ކަމެއް ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ .

(src)="s2.20.0"> Munja samo što ih ne zaslijepi ; kada god im ona bljesne , oni prođu , a čim utonu u mraku , stanu .
(src)="s2.20.1"> A da Allah hoće , mogao bi im oduzeti i sluh i vid , jer Allah , zaista , sve može .
(trg)="s2.20"> އެ ވިދުން ، އެއުރެންގެ ލޯތަކުގެ ފެނުން ޖަހައިގަނެގެން އަތުލާފާނެ ކަހަލައެވެ . އެ ވިދުން އެއުރެންނަށް އަލިކޮށްލި ކޮންމެހިނދަކު އެ އަލީގައި އެއުރެން ހިނގައިގަނެތެވެ . އަދި އެއުރެންނަށް އަނދިރިއަޅާލައިފިނަމަ ، ހުއްޓުންއަރާފައި ތިބެތެވެ . اللَّه އިރާދަކުރައްވައިފިނަމަ ، އެއުރެންގެ ކަންފަތްތަކުގެ އިވުމާއި ، އެއުރެންގެ ލޯތަކުގެ ފެނުން ގެންދަވައިފީހެވެ . ހަމަކަށަވަރުން اللَّه އީ ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ .

(src)="s2.21"> O ljudi , klanjajte se Gospodaru svome , koji je stvorio vas i one prije vas , da biste se kazne sačuvali ;
(trg)="s2.21"> އޭ މީސްތަކުންނޭވެ ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ ! އެކަލާނގެއީ ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ . ( އަޅުކަންކުރަންވީ ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ .

(src)="s2.22.0"> koji vam je Zemlju učinio posteljom , a nebo zdanjem ; koji s neba spušta kišu i čini da s njom rastu plodovi , hrana za vas .
(src)="s2.22.1"> Zato ne činite svjesno druge Allahu ravnim !
(trg)="s2.22"> އެކަލާނގެއީ ، ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި ، އަދި ބިނާއެއްކަމުގައި އުޑު ލައްވައި ، އުޑުން ފެން ވެއްސަވައި ، އެއިން ތިޔަބައިމީހުންނަށް رزق އެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ރަސްކަލާނގެއެވެ . ފަހެ ، ( އެކަލާނގެ خالق ވަންތަކަން ) ތިޔަބައިމީހުން ދެނެތިބެ ، اللَّه އަށް شريك ންތަކެއް ތިޔަބައިމީހުން ނުލާށެވެ !

(src)="s2.23"> A ako sumnjate u ono što objavljujemo robu Svome , načinite vi jednu suru sličnu objavljenim njemu , a pozovite i božanstva vaša , osim Allaha , ako istinu govorite .
(trg)="s2.23"> ތިމަންރަސްކަލާނގެ އަޅާއަށް ( އެބަހީ : محمد ގެފާނަށް ) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު ( އެބަހީ : قرآن އާމެދު ) ތިޔަބައިމީހުން شك ކަމެއްގައި ވަނީނަމަ ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ އެހީތެރިން ( ތިބިނަމަ ، އެއުރެން ) ނަށް ނިކަން ގޮވައި ، ގެނެސްބަލާށެވެ !

(src)="s2.24"> Pa ako ne učinite , a nećete učiniti , onda se čuvajte vatre za nevjernike pripremljene , čije će gorivo biti ljudi i kamenje .
(trg)="s2.24"> ފަހެ ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ - އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ . - ( އެކަން ނުކުރެވުނުނަމަ ) ފަހެ ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ ، ރައްކާތެރިވާށެވެ ! އެނަރަކަޔަކީ ، މީހުންނާއި ހިލަ ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ . އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ ، كافر ންނަށްޓަކައެވެ .

(src)="s2.25.0"> A one koji vjeruju i dobra djela čine obraduj džennetskim baščama kroz koje će rijeke teći ; svaki put kada im se iz njih da kakav plod , oni će reći : " Ovo smo i prije jeli " – a biće im davani samo njima slični .
(src)="s2.25.1"> U njima će čiste žene imati , i u njima će vječno boraviti .
(trg)="s2.25"> އަދި إيمان ވެ صالح عمل ތައް ކުޅަ މީހުންނަށްޓަކައި ، ހަމަކަށަވަރުން ސުވަރުގެތަކެއް ހުރިކަމުގެ އުފާވެރި خبر ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ ! އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގައި ހުރެތެވެ . އެ ސުވަރުގެތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް ، އެއުރެންނަށް ލިބޭ ކޮންމެ ފަހަރަކު ، އެއުރެން ބުނާނެތެވެ . މިއީ ކުރިންވެސް އަހަރެމެންނަށް ލިބުނު މޭވާއެވެ . އެއުރެންނަށް އެފަދަ މޭވާ ދެއްވާހުށީ ( ބޭރުފުށުން ) އެއްވައްތަރުވާ حال ގައެވެ . އަދި އެ ސުވަރުގެ ތަކުގައި އެއުރެންނަށްޓަކައި طاهر ވެގެންވާ އަނބިން ފިރިންތަކެއް ވެއެވެ . އަދި އެއުރެންނީ ، އެ ސުވަރުގެތަކުގައި ދެމިތިބޭނޭ ބަޔެކެވެ .

(src)="s2.26.0"> Allah se ne ustručava da za primjer navede mušicu ili nešto sićušnije od nje ; oni koji vjeruju – ta oni znaju da je to Istina od Gospodara njihova ; a oni koji ne vjeruju – govore : " Šta to Allah hoće sa ovim primjerom ? "
(src)="s2.26.1"> Time On mnoge u zabludi ostavlja , a mnogima na Pravi put ukazuje ; ali , u zabludi ostavlja samo velike grješnike ,
(trg)="s2.26"> ހަމަކަށަވަރުން މަދިރިއަކުން ، ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް ، އެއްވެސް ކަހަލަ މިސާލެއް ޖެއްސެވުމަކަށް اللَّه ލަދުވެތިިވެވޮޑިގެނެއް ނުވެތެވެ . ފަހެ ، إيمان ވި މީހުން ، އެ މިސާލަކީ ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން حق ގޮތުގައި ޖެއްސެވި މިސާލެއްކަން ހަމަކަށަވަރުން ދަނެތެވެ . އަދި كافر ވި މީހުން ބުނެތެވެ . ތިޔަ މިސާލުން ، اللَّه އިރާދަކުރެއްވީ ކޮންކަމެއް ބާވައެވެ ؟ އެ މިސާލުން ، އެކަލާނގެ ގިނަބަޔަކު މަގުފުރައްދަވަތެވެ . އަދި ހަމަ އެ މިސާލުން ، އެކަލާނގެ ގިނަބަޔަކަށް ތެދުމަގު ދައްކަވަތެވެ . فاسق ން މެނުވީ ، އެއިން އެކަލާނގެ މަގެއް ނުފުރައްދަވަތެވެ .

(src)="s2.27"> koji krše već čvrsto prihvaćenu obavezu prema Allahu i prekidaju ono što je Allah naredio da se održava , i prave nered na Zemlji ; oni će nastradati .
(trg)="s2.27"> އެއުރެންނީ ، اللَّه އަށް عهد ކަށަވަރުކޮށް ގަދަކުރުމަށްފަހު އެކަލާނގެ عهد އުވައިލާ މީހުންނެވެ . އަދި އެއުރެންނީ ، ގުޅުވައި ދެމެހެއްޓުމަށް اللَّه أمر ކުރެއްވި ކަންތައްތައް ކަނޑާލައި ، ބިމުގައި ފަސާދަ އުފައްދާ މީހުންނެވެ . ގެއްލެނިވެގެންވާ މީހުންނީ ، ހަމަ އެއުރެންނެވެ .

(src)="s2.28"> Kako možete da ne vjerujete u Allaha , vi koji ste bili ništa , pa vam je On život dao ; On će , zatim , učiniti i da pomrete i poslije će vas oživiti , a onda ćete se Njemu vratiti .
(trg)="s2.28"> ތިޔަބައިމީހުން اللَّه އަށް كافر ވެގަންނަނީ ، ކޮންގޮތަކުންހެއްޔެވެ ؟ ތިޔަބައިމީހުން މަރުވެފައިވާ ބަޔެއްގެ ގޮތުގައި ތިއްބައި ، ފަހެ އެކަލާނގެ ތިޔަބައިމީހުން ( އުފައްދަވައި ) ދިރުއްވިއެވެ . އެއަށްފަހު ، އެކަލާނގެ ތިޔަބައިމީހުންގެ ( أجل ހަމަވުމުން ) މަރުގަންނަވާނެތެވެ . ދެން ( قيامة ދުވަހުން ) ތިޔަބައިމީހުން ދިރުއްވާނެތެވެ . ދެން އެކަލާނގެ حضرة އަށް ތިޔަބައިމީހުން رجوع ކުރައްވާނެތެވެ .

(src)="s2.29"> On je za vas sve što postoji na Zemlji stvorio , zatim je Svoju volju prema nebu usmjerio i kao sedam nebesa ga uredio ; On sve zna .
(trg)="s2.29"> އެކަލާނގެއީ ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ . ދެން އެކަލާނގެ އުޑު ހެއްދެވުމަށް އިރާދަކުރައްވައި ، އެ އުޑުތަކުގެ ހެއްދެވުން ހަތް އުޑަށް ފުރިހަމަކުރެއްވިއެވެ . އަދި އެކަލާނގެއީ ، ކޮންމެކަމެއްމެ ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ .

(src)="s2.30.0"> A kada Gospodar tvoj reče melekima : " Ja ću na Zemlji namjesnika postaviti ! " – oni rekoše : " Zar će Ti namjesnik biti onaj koji će na njoj nered činiti i krv proljevati ?
(src)="s2.30.1"> A mi Tebe veličamo i hvalimo i , kako Tebi dolikuje , štujemo . "
(src)="s2.30.2"> On reče : " Ja znam ono što vi ne znate . "
(trg)="s2.30"> ހަމަކަށަވަރުން ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ ! އެބޭކަލުން ( އެހިނދު ) ދެންނެވޫއެވެ . އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި ، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި ، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ ؟ އެކަލާނގެ وحى ކުރެއްވިއެވެ . ހަމަކަށަވަރުން ، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ .

(src)="s2.31"> I pouči On Adema nazivima svih stvari , a onda ih predoči melekima i reče : " Kažite Mi nazive njihove , ako istinu govorite ! "
(trg)="s2.31"> އަދި آدم ގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ . ( އެބަހީ : ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ حقيقة ތަކެވެ . ) ދެން ، އެކަލާނގެ އެތަކެތި ملائكة ންނަށް ހުށަހަޅުއްވައި ، وحى ކުރެއްވިއެވެ . ތިޔަބައިމީހުން ( ތިޔަކުރާ دعوى ގައި ) ތެދުވެރިންކަމުގައިވަނީނަމަ ، މިތަކެތީގެ ނަންތަކުން ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން خبر ދީބަލާށެވެ !

(src)="s2.32"> " Hvaljen neka si " – rekoše oni – " mi znamo samo ono čemu si nas Ti poučio ; Ti si Sveznajući i Mudri . "
(trg)="s2.32"> އެ ملائكة ން ދެންނެވޫއެވެ . އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ . ހަމަކަށަވަރުން އިބަރަސްކަލާނގެއީ ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ .

(src)="s2.33.0"> " O Ademe " – reče On – " kaži im ti nazive njihove ! "
(src)="s2.33.1"> I kad im on kaza nazive njihove , Allah reče : " Zar vam nisam rekao da samo Ja znam tajne nebesa i Zemlje i da samo Ja znam ono što javno činite i ono što krijete ! "
(trg)="s2.33"> އެކަލާނގެ وحى ކުރެއްވިއެވެ . އޭ آدم ގެފާނެވެ ! ކަލޭގެފާނު ، އެ ملائكة ންނަށް އެތަކެތީގެ ނަންތަކުން خبر ދެއްވާށެވެ ! ދެން އެކަލޭގެފާނު ، އެ ملائكة ންނަށް އެތަކެތީގެ ނަންތަކުން خبر ދެއްވިހިނދު ، އެކަލާނގެ وحى ކުރެއްވިއެވެ . ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ އުޑުތަކާއި ބިމުގެ غيب ދެނެވޮޑިގެންވަމޭ ، އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި ވަންހަނާކުރާ ކަންތައް ދެނެވޮޑިގެންވަމޭ ، ތިޔަބައިމީހުންނަށް وحى ނުކުރައްވަން ހެއްޔެވެ ؟

(src)="s2.34"> A kada rekosmo melekima : " Poklonite se Ademu ! " – oni se pokloniše , ali Iblis ne htjede , on se uzoholi i posta nevjernik .
(trg)="s2.34"> އަދި آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު ، ހަނދުމަކުރައްވާށެވެ ! ފަހެ ، إبليس ފިޔަވައި ، އެ ملائكة ން سجدة ކުރެއްވޫއެވެ . އެކަލޭގެ އެކަމުން މަނާވެގަނެ ، كبر ވެރިވީއެވެ . އަދި كافر ންގެ ތެރެއިން އެކަލޭގެވިއެވެ .

(src)="s2.35"> I Mi rekosmo : " O Ademe , živite , ti i žena tvoja , u Džennetu i jedite u njemu koliko god želite i odakle god hoćete , ali se ovom drvetu ne približujte pa da sami sebi nepravdu nanesete ! "
(trg)="s2.35"> އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ . އޭ آدم ގެފާނެވެ ! ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެ ، އުޅުއްވާށެވެ ! އަދި ތަނަވަސްކަމާއި ފަހިކަމާއެކު ، ތިޔަ ދެކަނބަލުން އެދިވަޑައިގަންނަވާ ގޮތަކަށް އެތަނުން ފަރިއްކުޅުއްވާށެވެ ! އަދި ތިޔަ ދެކަނބަލުން މިހިރަ ގަހާ ކައިރިވެވަޑައި ނުގަންނަވާށެވެ ! އޭރުން ( އެބަހީ : އެގަހާ ކައިރިވެވަޑައިގެންފިނަމަ ) ތިޔަ ދެކަނބަލުންވާހުށީ ، އަނިޔާވެރިވާ މީހުންގެ ތެރެއިންނެވެ .

(src)="s2.36.0"> I šejtan ih navede da zbog drveta posrnu i izvede ih iz onoga u čemu su bili .
(src)="s2.36.1"> " Siđite ! " – rekosmo Mi – " jedni drugima ćete neprijatelji biti , a na Zemlji ćete boraviti i do roka određenoga živjeti ! "
(trg)="s2.36"> ފަހެ ، شيطان އާ އެ ގަސް މެދުވެރިކޮށް ، އެ ދެކަނބަލުން ކުށުގައި އަޅުވައި ، ސުވަރުގޭގައި އެ ދެކަނބަލުން އުޅުއްވި نعمة ތަކުން އެ ދެކަނބަލުން ބޭރުކޮށްފިއެވެ . އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ . ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال ، ތިޔަބައިމީހުން ( ބިމަށް ) ފައިބާށެވެ ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި ، قرار ވެ ތިބެނިވި ތަނަކާއި ، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ .

(src)="s2.37"> I Adem primi neke riječi od Gospodara svoga , pa mu On oprosti ; On , doista , prima pokajanje , On je milostiv .
(trg)="s2.37"> ފަހެ ، آدم ގެފާނު ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން كلمة ފުޅުތަކެއް ބާވައިގަންނަވައި ( އެ كلمة ފުޅުތައް ވިދާޅުވެ ، توبة ވެވަޑައިގަތުމުން ) ފަހެ ، އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް توبة ލައްވައިފިއެވެ . ހަމަކަށަވަރުން ، އެކަލާނގެއީ ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ .

(src)="s2.38.0"> Mi rekosmo : " Silazite iz njega svi !
(src)="s2.38.1"> Od Mene će vam uputstvo dolaziti , i oni koji uputstvo Moje budu slijedili – ničega se neće bojati i ni za čim neće tugovati .
(trg)="s2.38"> ތިމަންރަސްކަލާނގެ ( آدم ގެފާނުގެ ދެކަނބަލުންނާއި إبليس އަށް ) وحى ކުރެއްވީމެވެ . ތިޔަބައިމީހުން އެންމެން އެ ސުވަރުގެއިން ( ބިމަށް ) ފައިބާށެވެ ! ފަހެ ، ތިޔަބައިމީހުންގެ ގާތަށް ، ތިމަންރަސްކަލާނގެ حضرة ން ތެދުމަގު އަތުވެއްޖެހިނދަކު ، ތިމަންރަސްކަލާނގެ ތެދުމަގާ تبع ވެއްޖެ ބަޔަކަށް އެއްވެސް ބިރެއްނެތެވެ . އަދި އެއުރެންނީ ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ .

(src)="s2.39"> A onima koji ne budu vjerovali i knjige Naše budu poricali – biće stanovnici Džehennema ; u njemu će vječno ostati . "
(trg)="s2.39"> އަދި كافر ވެ ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުންނީ ، ނަރަކަވަންތަ ވެރިންނެވެ . އެއުރެންނީ ، އެ ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ .

(src)="s2.40"> O sinovi Israilovi , sjetite se blagodati Moje koju sam vam podario , i ispunite zavjet koji ste Mi dali – ispuniću i Ja svoj koji sam vama dao , i samo se Mene bojte !
(trg)="s2.40"> އޭ إسـرآءيـل ގެދަރިންނޭވެ ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ ! އަދި ތިމަންރަސްކަލާނގެ عهد ތިޔަބައިމީހުން ފުއްދާށެވެ ! ( އެބަހީ : توراة ގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންވެ ، އެގޮތުގެމަތިން عمل ކުރާށެވެ ! ) އޭރުން ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عهد ފުއްދަވާހުށީމެވެ . ( އެބަހީ : ކިޔަމަންގަތް އަޅުންނަށް ދެއްވާނެކަމަށް އަންގަވާފައިވާ ހެޔޮ ޖަޒާ ދެއްވާހުށީމެވެ . ) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ !

(src)="s2.41.0"> Vjerujte u ono što objavljujem , čime se potvrđuje da je istinito ono što vi imate , i ne budite prvi koji u to neće vjerovati .
(src)="s2.41.1"> I ne zamjenjujte riječi Moje za nešto što malo vrijedi , i samo se Mene bojte !
(trg)="s2.41"> އަދި ތިޔަބައިމީހުންނާ އެކުގައިވާ ފޮތް ( އެބަހީ : توراة ) ތެދުކުރަނިވި ގޮތުގައިވާ ، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތަށް ( އެބަހީ : قرآن އަށް ) ތިޔަބައިމީހުން إيمان ވާށެވެ ! އަދި އެފޮތަށް އެންމެ ފުރަތަމައިން كافر ވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވާށެވެ ! އަދި ތިމަންރަސްކަލާނގެ آية ތަކަށް ، ކުޑައަގެއް ތިޔަބައިމީހުން ނުގަންނާށެވެ ! ( އެބަހީ : ދުންޔަވީ އުފާތަކުގެ ތެރެއިން ތިމަންރަސްކަލާނގެ حرام ކުރެއްވި ކަންތައްތައްފަދަ އެއްޗަކަށް ނުވާކަހަލަ އެއްޗަކަށްޓަކައި ، ތިމަންރަސްކަލާނގެ އަންގަވާފައިވާ އެންގެވުންތަކަށް ފުރަގަސްނުދޭށެވެ ! ) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ !

(src)="s2.42"> I istinu sa neistinom ne miješajte i istinu svjesno ne tajite !
(trg)="s2.42"> އަދި ތިޔަބައިމީހުން حق އާއި باطل އޮޅުވައިނުލާށެވެ ! އަދި ތިޔަބައިމީހުން ދެނެތިބި حال ގައި حق ވަންހަނާ ނުކުރާށެވެ !

(src)="s2.43"> Molitvu obavljajte i zekat dajite i zajedno sa onima koji molitvu obavljaju i vi obavljajte !
(trg)="s2.43"> އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ ! އަދި ތިޔަބައިިމީހުން زكاة ދޭށެވެ ! އަދި ركوع ކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ركوع ކުރާށެވެ !

(src)="s2.44.0"> Zar da od drugih tražite da dobra djela čine , a da pri tome sebe zaboravljate , vi koji Knjigu učite ?
(src)="s2.44.1"> Zar se opametiti nećete ?
(trg)="s2.44"> ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ حال ގައި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެމަތިން ހަނދާން ނައްތާލައި ، މީސްތަކުންނަށް ހެޔޮކަންތަކަށް أمر ކުރަނީ ހެއްޔެވެ ؟ ފަހެ ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ ؟

(src)="s2.45"> Pomozite sebi strpljenjem i molitvom , a to je , zaista , teško , osim poslušnima ,
(trg)="s2.45"> އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ ، ހަމަކަށަވަރުން ، އެއީ ވަރަށް ބޮޑުކަމެކެވެ . ( އެބަހީ : ދަތި އުނދަގޫ ކަމެކެވެ . )

(src)="s2.46"> koji su uvjereni da će pred Gospodara svoga stati i da će se Njemu vratiti .
(trg)="s2.46"> އެއުރެންނީ ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭ ބަޔަކުކަމާއި ، އެކަލާނގެ حضرة އަށް އެނބުރި رجوع ވަނިވި ބަޔަކުކަން ކަށަވަރުކޮށް يقين ކުރާ މީހުންނެވެ .

(src)="s2.47"> O sinovi Israilovi , sjetite se blagodati Moje koju sam vam podario i toga što sam vas nad ostalim ljudima bio uzdigao ;
(trg)="s2.47"> އޭ إسـرآءيـل ގެދަރިންނެވެ ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި نعمة އާއި ، އަދި ( އެދުވަސްވަރުގެ ) عالم ތަކުގެ މައްޗަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުން މާތްކުރައްވާފައިވާކަން ހަނދުމަކުރާށެވެ !

(src)="s2.48"> i bojte se Dana kada niko ni za koga neće moći ništa učiniti , kada se ničiji zagovor neće prihvatiti , kada se ni od koga otkup neće primiti i kada im niko neće u pomoć priteći ;
(trg)="s2.48"> އެދުވަހަކުން އެއްވެސް نفس އަކަށް އެއްވެސް نفس އެއްގެ ކިބައިން ކަމެއް ފުއްދައިނުދެވޭނޭ ، އަދި އެކެއްގެ ކިބައިން އަނެކެއްގެ شفاعة قبول ނުކުރައްވާނޭ ، އަދި އެކެއްގެ ކިބައިން فدية އެއްވެސް ނުހިއްޕަވާނޭ ، އަދި އެއުރެންނަށް އެއްވެސް ފަރާތަކުން نصر އެއް ނުލިބޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވެ ، ރައްކާތެރިވާށެވެ !

(src)="s2.49"> i kada smo vas od faraonovih ljudi izbavili , koji su vas najgorim mukama mučili : mušku vam djecu klali a žensku u životu ostavljali ; – a to vam je bilo veliko iskušenje od Gospodara vašeg –
(trg)="s2.49"> އަދި فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވިހިނދު ، ހަނދުމަކުރާށެވެ ! އެއުރެން ، ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުންގެންދެއެވެ . އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި ، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ . އެކަންތައްތަކުގައި ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ .

(src)="s2.50"> i kada smo zbog vas more rastavili i vas izbavili , a faraonove ljude , na oči vaše , potopili ;
(trg)="s2.50"> އަދި ތިޔަބައިމީހުންނަށް ، ތިމަންރަސްކަލާނގެ ކަނޑު އިރުއްވައި ދެއްވިހިނދު ، ހަނދުމަކުރާށެވެ ! ފަހެ ، ތިމަންރަސްކަލާނގެ ، ތިޔަބައިމީހުން ( غرق ން ) ސަލާމަތްކުރައްވައި ، ތިޔަބައިމީހުން ބަލަބަލައިތިއްބައި ، فرعون ގެ މީހުން غرق ކުރެއްވީމެވެ .

(src)="s2.51"> i kada smo Musau četrdeset noći obećanje ispunjavali , vi ste , u njegovu odsustvu , sami sebi čineći nepravdu , tele obožavati počeli .
(trg)="s2.51"> އަދި موسى ގެފާނަށް ، ތިމަންރަސްކަލާނގެ ސާޅީސް ރޭގެ ميعاد އެއް ކަނޑައެޅުއްވިހިނދު ، ހަނދުމަކުރާށެވެ ! ދެން އެއަށްފަހު ( ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ) ތިޔަބައިމީހުން އަނިޔާވެރިވާ حال ގައި ގެރިއަކީ إله އަކު ކަމުގައި ހަދައިގެން އުޅުނީމުއެވެ .

(src)="s2.52"> Zatim smo vam , i poslije toga , oprostili da biste zahvalni bili ;
(trg)="s2.52"> ދެން އެކަންތަކަށް ފަހުގައި ( އެކަމުގެ ކުށް ) ތިޔަބައިމީހުންގެ ކިބައިން ތިމަންރަސްކަލާނގެ عفو ކުރެއްވީމެވެ . ( އެއީ ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ .

(src)="s2.53"> i kada smo Musau Knjigu , koja rastavlja istinu od neistine , dali da biste Pravim putem išli ;
(trg)="s2.53"> އަދި ތިމަންރަސްކަލާނގެ موسى ގެފާނަށް حق އާއި باطل ވަކިކުރަނިވި ފޮތް ( އެބަހީ : توراة ) ދެއްވިހިނދު ، ހަނދުމަކުރާށެވެ ! ( އެއީ ) ތިޔަބައިމީހުން ، އެއިން ތެދުމަގު ލިބިގަތުމަށްޓަކައެވެ .

(src)="s2.54.0"> i kada je Musa rekao narodu svome : " O narode moj , prihvativši tele , vi ste samo sebi nepravdu učinili ; zato se Stvoritelju svome pokajte i između vas prestupnike smrću kaznite .
(src)="s2.54.1"> To je bolje za vas kod Stvoritelja vašeg , On će vam oprostiti !
(src)="s2.54.2"> On prima pokajanje i On je milostiv " ;
(trg)="s2.54"> އަދި موسى ގެފާނު ، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތުގައި ( މިފަދައިން ) ވިދާޅުވިހިނދު ( ހަނދުމަކުރާށެވެ ! ) އޭ އަހުރެންގެ قوم ގެމީހުންނޭވެ ! ތިޔަބައިމީހުން ، ގެރިއަކީ إله އަކު ކަމުގައި ހެދުމުން ، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާވެރިވެއްޖެކަން ކަށަވަރެވެ . ފަހެ ، ތިޔަބައިމީހުން އުފެއްދެވި ކަލާނގެއަށް توبة ވާށެވެ ! އަދި ތިޔަބައިމީހުންގެ نفس ތައް قتل ކުރާށެވެ ! ތިޔަބައިމީހުން އުފެއްދެވި ކަލާނގެ حضرة ގައި ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ . ދެން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވިއެވެ . ހަމަކަށަވަރުން އެކަލާނގެއީ ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ .

(src)="s2.55"> i kada ste uglas rekli : " O Musa , mi ti nećemo vjerovati dok Allaha ne vidimo ! " – munja vas je ošinula , vidjeli ste .
(trg)="s2.55"> އަދި އޭ موسى ގެފާނެވެ ! ފާޅުގައި އަހަރެމެން اللَّه ދެކެފުމަށްދާނދެން އަހަރެމެން ކަލޭގެފާނަކަށް إيمان އެއް ނުވާނޫއޭ ތިޔަބައިމީހުން ދެންނެވިހިނދު ، ހަނދުމަކުރާށެވެ ! ދެން ތިޔަބައިމީހުން ބަލަބަލައިތިއްބައި ، ހޮނުގުގުރި ތިޔަބައިމީހުންގެ މަރު ހިފައިފިއެވެ .

(src)="s2.56"> Zatim smo vas , poslije smrti vaše , oživili da biste zahvalni bili .
(trg)="s2.56"> ދެން ތިޔަބައިމީހުން މަރުވުމަށްފަހު ، ތިމަންރަސްކަލާނގެ ތިޔަބައިމީހުން އަލުން ދިރުއްވީމެވެ . ( އެއީ ) ތިޔަބައިމީހުން شكر ވެރިވުމަށްޓަކައެވެ .

(src)="s2.57.0"> I Mi smo vam od oblaka hladovinu načinili i manu i prepelice vam slali : " Jedite lijepa jela kojima vas opskrbljujemo ! "
(src)="s2.57.1"> A oni Nama nisu naudili , sami sebi su nepravdu nanijeli ;
(trg)="s2.57"> އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އެ ވިލާގަނޑުން ހިޔާ އެޅުއްވީމެވެ . އަދި ތިޔަބައިމީހުންގެ މައްޗަށް منّ އާއި سلوى ބާވައިލެއްވީމެވެ . ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި حلال ތަކެތިން ތިޔަބައިމީހުން ކައިއުޅޭށޭ އެންގެވީމެވެ . އެއުރެން އެ نعمة އަށް كافر ވެ ، އުރެދުމަކުން އެއުރެންނަކަށް ތިމަންރަސްކަލާނގެއަކަށް އަނިޔާއެއް ނުކުރެވުނެވެ . އެހެނެއްކަމަކު ، އެއުރެން އަނިޔާކުރާ ކަމުގައިވީ ، ހަމައެކަނި އެއުރެންގެ އަމިއްލަ نفس ތަކަށެވެ . ( ނޯޓު : منّ އަކީ ބައެއް مفسّر ން ވިދާޅުވާ ގޮތުގައި ފިނިފައިބާގޮތަށް ފައިބާ އެއްޗެކެވެ . އެއީ މާމުއިކަހަލަ ފޮނި އެއްޗެކެވެ . އަނެއްބައި مفسّر ން ވިދާޅުވާ ގޮތުގައި ، އެއީ ގަނޑުފެނާ އެއްފަދަ ، މާމުޔަށްވުރެ ފޮނި ، ކިރަށްވުރެ ހުދު އެއްޗެކެވެ . سلوى އަކީ ، ބާވަތެއްގެ ދޫންޏެކެވެ . )

(src)="s2.58"> i kada smo rekli : " Uđite u ovaj grad i jedite što god hoćete i koliko god hoćete , a na kapiju pognutih glava uđite , i recite : ' Oprosti ' – oprostićemo vam grijehe vaše , a onima koji čine dobra djela daćemo i više ! " –
(trg)="s2.58"> އަދި ތިޔަބައިމީހުން މިއޮތް ރަށަށް ވަންނާށޭ ތިމަންރަސްކަލާނގެ وحى ކުރެއްވި ހިނދު ، ހަނދުމަކުރާށެވެ ! ފަހެ ، ތަނަވަސްކަމާއެކުގައި ތިޔަބައިމީހުން އެދޭ ފަދައަކުން އެރަށުން ކައިއުޅޭށެވެ ! އަދި ތިޔަބައިމީހުން سجدة ކުރާ حال ( އެބަހީ : މަޑުމައިތިރިވެ ، ކިޔަމަންވެގެންވާ حال އެރަށުގެ ) ދޮރޯށިން ވަންނާށެވެ ! އަދި އަޅަމެންގެ އެދުމަކީ ކުށްފާފަތައް ފުއްސަވައި عفو ކުރެއްވުމޭ ދަންނަވާށެވެ ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ . އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ ( ހެޔޮކަން ) އިތުރު ކުރައްވާހުށީމެވެ .

(src)="s2.59"> onda su oni koji su bili nepravedni zamijenili drugom Riječ koja im je bila rečena i Mi smo na one koji su bili nepravedni s neba kaznu spustili zato što nisu poslušali ;
(trg)="s2.59"> ދެން ( އޭގެތެރެއިން ) އަނިޔާވެރިވި މީހުން ، އެއުރެންނަށް ކިޔާށޭ އެންގެވި ބަސް އެނޫން ބަހަކަށް ބަދަލުކޮށްފޫއެވެ . ދެން އެ އަނިޔާވެރިވި މީހުންގެ މައްޗަށް ، އެއުރެން فاسق ވި ކަމުގެ ސަބަބުން ، އުޑުން عذاب އެއް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ .

(src)="s2.60.0"> i kada je Musa za narod svoj vodu molio , Mi smo rekli : " Udari štapom svojim po stijeni ! " – i iz nje je dvanaest vrela provrelo , i svako bratstvo je vrelo iz kojeg će piti znalo .
(src)="s2.60.1"> " Jedite i pijte Allahove darove , i ne činite zlo po Zemlji nered praveći ! " –
(trg)="s2.60"> موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންނަށްޓަކައި ފެނަށް އެދިވަޑައިގެން دعاء ކުރެއްވިހިނދު ، ހަނދުމަކުރާށެވެ ! ފަހެ ، ( އެހިނދު موسى ގެފާނަށް ) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ . ކަލޭގެފާނުގެ އަސާކޮޅުން ، ކަލޭގެފާނު އެ ހިލައިގައި ޖައްސަވާށެވެ ! ދެން ( އެކަލޭގެފާނު އެހިލައިގައި ޖެއްސެވިހިނދު ) އެހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ . ހަމަކަށަވަރުން ކޮންމެބަޔަކު ، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފިއެވެ . ( އަދި ތިމަންރަސްކަލާނގެ އެންގެވީމެވެ . ) ތިޔަބައިމީހުން ، اللَّه ދެއްވި رزق ން ކައިބޮއި އުޅޭށެވެ ! އަދި فاسد ން ކަމުގައިވެތިބެ ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ !

(src)="s2.61.0"> i kada ste rekli : " O Musa , mi ne možemo više jednu te istu hranu jesti , zato zamoli , u naše ime , Gospodara svoga da nam podari od onoga što zemlja rađa : povrća , i krastavica , i pšenice , i leće , i luka crvenoga ! " – on je rekao : " Zar želite da ono što je bolje zamijenite za ono što je gore ?
(src)="s2.61.1"> Idite u grad , imaćete ono što tražite ! "
(src)="s2.61.2"> I poniženje i bijeda na njih padoše i Allahovu srdžbu na sebe navukoše zato što u Allahove dokaze nisu vjerovali i što su ni krive ni dužne vjerovjesnike ubijali , zato što su neposlušni bili i što su sve granice zla prelazili .
(trg)="s2.61"> އަދި ތިޔަބައިމީހުން ( މިފަދައިން ) ދެންނެވިހިނދު ، ހަނދުމަކުރާށެވެ ! އޭ موسى ގެފާނެވެ ! އެއްބާވަތެއްގެ ކާނާއެއްގެ މައްޗަކަށް ތިމަންމެންނަކަށް ކެތެއް ނުކުރެވޭނެތެވެ . ފަހެ ، ބިމުން ފަޅާ ގަސްގަހާގެހީގެ ތެރެއިން އޮށްޓަރުގެ ބާވަތްތަކާއި ، قثاّء ( އެބަހީ : ކެކުރި ވައްތަރުގެ ތަރުކާރީއެއް ) އާއި ، ލޮނުމެދާއި ، މުގާއި ، ފިޔާ ، ތިމަންމެންނަށްޓަކައި ނެރުއްވައި ދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކޮށްދެއްވާށެވެ ! އެކަލޭގެފާނު ވިދާޅުވިއެވެ . ތިޔަބައިމީހުން މޮޅު ތަކެތީގެ ބަދަލުގައި ދެރަ ތަކެއްޗަށް އެދެނީ ހެއްޔެވެ ؟ ( އެގޮތް އެދެނީނަމަ ) ތިޔަބައިމީހުން ބޮޑު ރަށަކަށް ފައިބާށެވެ ! އޭރުން ، ހަމަކަށަވަރުން ތިޔަބައިމީހުން އެދުނު ތަކެތި ލިބޭހުށްޓެވެ . ދެރަކަމާއި ނިކަމެތިކަން އެއުރެންނަށް ޖެހުނެވެ . އަދި اللَّه ގެ ކޯފާ އެއުރެންގެމައްޗަށް حق ވެ ، އެ ކޯފާއާއިގެން އެއުރެން އެނބުރިއައޫއެވެ . އެއީ ، ހަމަކަށަވަރުން އެއުރެން اللَّه ގެ آية ތަކަށް كافر ވެ ، حق އަކާ ނުލައި ނަބީބޭކަލުން قتل ކުރާ ބަޔަކު ކަމުގައިވީތީއެވެ . އެއީ ، އެއުރެން އުރެދިގަނެ ، އެކަމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެން ވިކަމަށްޓަކައެވެ .

(src)="s2.62"> One koji su vjerovali , pa i one koji su bili jevreji , kršćani i sabejci – one koji su u Allaha i u onaj svijet vjerovali i dobra djela činili – doista čeka nagrada od Gospodara njihova ; ničega se oni neće bojati i ni za čim neće tugovati ! –
(trg)="s2.62"> ހަމަކަށަވަރުން إيمان ވެއްޖެ މީސްތަކުންނާއި ، يهودى ން ކަމުގައިވި މީހުންނާއި ، نصارى އިންނާއި ، صابئ ންނާއި ( މިއެންމެންގެ ތެރެއިންވެސް ) اللَّه އަށާއި آخرة ދުވަހަށް إيمان ވެ ، صالح عمل ކުޅަ މީހުންގެ ވެރިރަސްކަލާނގެ حضرة ގައި ، އެއުރެންގެ ދަރުމަ ، އެއުރެންނަށް ހުށްޓެވެ . އަދި އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ . އަދި އެއުރެންނީ ، ހިތާމަކުރާ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ . ( ނޯޓު : صابئ ންނަކީ دين އެއްނެތް މީހުން ކަމަށާއި ، ތަރިތަކަށާއި ، ملائكة ންނަށް އަޅުކަންކުރާ މީހުން ކަމަށް ބުނެވެއެވެ . )

(src)="s2.63"> i kada smo od vas zavjet uzeli i brdo iznad vas podigli : " Svojski prihvatite ono što smo vam dali i neka vam je na umu ono što je u Knjizi , da biste se kazne sačuvali ! " –
(trg)="s2.63"> ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕަވައި ، ތިޔަބައިމީހުންގެ ( ބޮލާދިމާ ) މައްޗަށް طور ފަރުބަދަ އުފުއްލެވި ހިނދު ، ހަނދުމަކުރާށެވެ ! ( އެހިނދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވީމެވެ . ) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި އެއްޗެއްގައި ( އެބަހީ : ތިމަންރަސްކަލާނގެ ފޮތުގައި ) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ ! އަދި އެފޮތުގައިވާ ގޮތް ތިޔަބައިމީހުން ހަނދުމަ ކުރާށެވެ ! ( އެއީ ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ .

(src)="s2.64"> vi ste poslije toga odustali , i da nije bilo Allahove dobrote prema vama i milosti Njegove , uistinu biste stradali .
(trg)="s2.64"> ދެން އޭގެފަހުން ތިޔަބައިމީހުން ( އެ عهد އަށް ) ފުރަގަސްދީ ، އެނބުރި ހިނގައްޖައީމުއެވެ . ފަހެ ، اللَّه ގެ فضل ވަންތަކަމާއި ، އެކަލާނގެ رحمة ވަންތަކަން ، ތިޔަބައިމީހުންގެމައްޗަށް ނުވާނަމަ ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިޔަބައިމީހުން ވީސްކަން ކަށަވަރެވެ .

(src)="s2.65"> Vama je poznato ono što se dogodilo onima od vas koji su se o subotu ogriješili , kao i to da smo im Mi rekli : " Budite majmuni prezreni ! "
(trg)="s2.65"> އަދި ތިޔަބައިމީހުންގެ ތެރެއިން ، ހޮނިހިރުދުވަހާމެދު ( ދެކޮޅުވެރިވެ ، ނުކިޔަމަންތެރިވުމުގައި ) ހައްދުފަހަނަޅައިދިޔަ މީހުންގެ ވާހަކަ ، ތިޔަބައިމީހުންނަށް އެނގިފައިވާކަން ކަށަވަރެވެ . ފަހެ ، ތިމަންރަސްކަލާނގެ ، އެއުރެންނަށް އެންގެވީމެވެ . ތިޔަބައިމީހުން ދެރަވެ ، ނިކަމެތި ވެގެންވާ ރާމާމަކުނުތަކަކަށް ވާށެވެ !

(src)="s2.66"> Savremenicima i pokoljenjima njihovim to smo učinili opomenom , a poukom onima koji se boje Allaha .
(trg)="s2.66"> ފަހެ ، އެކަންތަކުގެ ކުރިމަތީގައިވާ މީހުންނަށާއި ، އޭގެފަހުން އަންނާނޭ މީހުންނަށް ވަރުގަދަ عبرة އެއް ކަމުގައްޔާއި ، تقوى ވެރިންނަށް ފުރިހަމަ نصيحة އެއް ކަމުގައި ތިމަންރަސްކަލާނގެ އެކަންތައް ލެއްވީމެވެ .

(src)="s2.67"> A kada je Musa rekao narodu svome : " Allah vam naređuje da zakoljete kravu " – oni upitaše : " Zbijaš li ti to s nama šalu ? " – " Ne dao mi Allah da budem neznalica ! " – reče on .
(trg)="s2.67"> އަދި موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތުގައި ( މިފަދައިން ) ވިދާޅުވިހިނދު ، ( ހަނދުމަކުރާށެވެ ! ) ތިޔަބައިމީހުން ގެރިއެއް ކަތިލުމަށް ހަމަކަށަވަރުން اللَّه ، ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ . އެއުރެން ދެންނެވޫއެވެ . ފުރައްސާރަކުރެވޭ ބަޔަކު ކަމުގައި ކަލޭގެފާނު ތިމަންމެން ހައްދަވަނީތޯއެވެ ؟ އެކަލޭގެފާނު ވިދާޅުވިއެވެ . ( އެފަދަ ކަންތައްކުރާ ) جاهل ންގެ ތެރެއިން ، ( ވެވަޑައިނުގަތުންއެދި ) ތިމަންކަލޭގެފާނު اللَّه ގެ حضرة ން ރައްކާތެރިކަން ލިބިވަޑައިގަންނަވަމެވެ .

(src)="s2.68"> " Zamoli Gospodara svoga , u naše ime " – rekoše – " da nam objasni kojih godina ona treba biti . " – " On kaže " – odgovori on – " da ta krava ne smije biti ni stara ni mlada , nego između toga , srednje dobi , pa izvršite to što se od vas traži ! "
(trg)="s2.68"> އެއުރެން ދެންނެވޫއެވެ . އެއީ ކޮންކަހަލަ ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ ! އެކަލޭގެފާނު ވިދާޅުވިއެވެ . ހަމަކަށަވަރުން ، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ . ހަމަކަށަވަރުން އެއީ ، ދުވަސްވެ މުސްކުޅިވެފައިވާ ގެރިއެއް ނޫނެވެ . ޅަގެރިއެއްވެސް ނޫނެވެ . އެ ދެމެދުގެ ގެރިއެކެވެ . ފަހެ ، ތިޔަބައިމީހުންނަށް أمر ކުރައްވާ ކަންތައް ތިޔަބައިމީހުން ކުރާށެވެ !

(src)="s2.69"> " Zamoli Gospodara svoga , u naše ime " – rekoše – " da nam objasni kakve boje treba biti . " – " On poručuje " – odgovori on – " da ta krava treba biti jarkorumene boje , da se svidi onima koji je vide . "
(trg)="s2.69"> އެއުރެން ދެންނެވޫއެވެ . އެ ގެރީގެ ކުލައަކީ ކޮބައިކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ ! އެކަލޭގެފާނު ވިދާޅުވިއެވެ . ހަމަކަށަވަރުން ، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ . އެއީ ، ހަމަކަށަވަރުން ބަލާމީހުންނަށް އުފާވެރިކަން ދެނިވި ، ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ .

(src)="s2.70"> " Zamoli Gospodara svoga , u naše ime " – rekoše – " da nam objasni kakva još treba biti jer , nama krave izgledaju slične , a mi ćemo nju , ako Allah htjedne , sigurno pronaći . "
(trg)="s2.70"> އެއުރެން ދެންނެވޫއެވެ . އެއީ ކޮން ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ ! ( އެހެނީ ) ހަމަކަށަވަރުން ( ތިޔަ ސިފަކުރައްވާ ) ގެރި އަޅުގަނޑުމެންނަށް އޮޅިއްޖެއެވެ . اللَّه އިރާދަކުރެއްވިއްޔާ ހަމަކަށަވަރުން ތިމަންމެން ވާހުށީ ( އެކަމަށް ) ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައެވެ .

(src)="s2.71"> " On poručuje " – reče on – " da ta krava ne smije biti istrošena oranjem zemlje i natapanjem usjeva ; treba biti bez mahane i bez ikakva biljega . " – " E sad si je opisao kako treba ! " – rekoše , pa je zaklaše , i jedva to učiniše .
(trg)="s2.71"> އެކަލޭގެފާނު ވިދާޅުވިއެވެ . ހަމަކަށަވަރުން ، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ . ހަމަކަށަވަރުން އެއީ ، ދަނޑުބިމުގެ ފަސްގަނޑުޖަހާ ނިކަމެތި ގެރިއެއް ނޫނެވެ . އަދި ދަނޑަށް ފެންދޭ ގެރިއެއްވެސް ނޫނެވެ . ( عيب ތަކުން ) ސަލާމަތް ވެގެންވާ ، އޭގައި އެއްވެސް ލަފެއްނެތް ގެރިއެކެވެ . އެއުރެން ދެންނެވޫއެވެ . މިހާރު ކަލޭގެފާނު އޮޅުމެއްނެތް ސާފުބަޔާން ގެނެސްދެއްވައިފީމުއެވެ . ދެން އެއުރެން އެ ގެރި ކަތިލައިފޫއެވެ . އެއުރެންތިބީ ، އެކަން ކުރާހިތަކުން ނޫނެވެ .

(src)="s2.72"> I kada ste jednog čovjeka ubili , pa se oko njega prepirati počeli – Allah je dao da iziđe na vidjelo ono što ste bili sakrili –
(trg)="s2.72"> ތިޔަބައިމީހުން މީހަކު މަރާލާފައި ، އެ މަރާމެދު ދެބަސްވެ خلاف ވިހިނދު ، ހަނދުމަކުރާށެވެ ! ތިޔަބައިމީހުން ވަންހަނާކޮށްއުޅުނު ކަންތައް ، اللَّه ހާމަކުރައްވައި ، ނެރުއްވާހުށްޓެވެ .

(src)="s2.73"> Mi smo rekli : " Udarite ga jednim njezinim dijelom ! " – i eto tako Allah vraća mrtve u život i pruža vam dokaze Svoje da biste shvatili .
(trg)="s2.73"> ދެން ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ . އޭގެ ( އެބަހީ : އެ ކަތިލި ގެރީގެ ) އެތިކޮޅަކުން ، އެ ( މަރުވެފައިވާ ) މީހާގެ ގައިގައި ތިޔަބައިމީހުން ޖަހާށެވެ ! ( ދެން އެއުރެން ޖެހި ހިނދު ، އެމީހާ އަލުން ދިރިއްޖެއެވެ . ) މަރުވެފައިވާ ތަކެތި ، اللَّه އަލުން ދިރުއްވަނީ އެފަދައިންނެވެ . އަދި ތިޔަބައިމީހުންނަށް ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދައްކަވަނީވެސް ، އެފަދައިންނެވެ . ( އެއީ ) ތިޔަބައިމީހުން ވިސްނައި ދެނެގަތުމަށްޓަކައެވެ .

(src)="s2.74"> Ali srca vaša su poslije toga postala tvrda , kao kamen su ili još tvrđa , a ima i kamenja iz kojeg rijeke izbijaju , a ima , zaista , kamenja koje puca i iz kojeg voda izlazi , a ima ga , doista , i koje se od straha pred Allahom ruši . – A Allah motri na ono što radite .
(trg)="s2.74"> ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ގާވެ ހަރުކަށިވިއެވެ . ފަހެ ، އެ ހިތްތައް ހިލައެކޭ އެއްފަދައެވެ . ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ . ( އެހެނީ ) ހަމަކަށަވަރުން ، އެއިން ފެން ކޯރުތައް އުފެދިގެން އަންނަ ހިލަ ، ހިލަތަކުގެ ތެރެއިންވެއެވެ . އަދި ހަމަކަށަވަރުން ، ފަޅިފަޅިވެގެންގޮސް އެއިން ފެން ނިކުންނަ ހިލަވެސް އޭގެތެރެއިން ވެއެވެ . އަދި ހަމަކަށަވަރުން ، اللَّه އަށް ބިރުުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަވެސް އޭގެތެރެއިން ވެއެވެ . ތިޔަބައިމީހުން ކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ .

(src)="s2.75"> Zar se vi nadate da će vam se jevreji odazvati i vama za ljubav vjernici postati , a neki među njima su Allahove riječi slušali pa su ih , pošto su ih shvatili , svjesno izvrnuli .
(trg)="s2.75"> ފަހެ ، ތިޔަބައިމީހުންނަށް ( އެބަހީ : رسول އާ އާއި مؤمن ންގެ ގޮވާލުމަށް ) އެއުރެން ( އިޖާބަދީ ) إيمان ވުމަށް ، ތިޔަބައިމީހުން އުންމީދު ކުރަނީ ހެއްޔެވެ ؟ اللَّه ގެ كلام ފުޅު އަހައި ، އެއުރެން އެ كلام ފުޅު ވިސްނައި ދެނެގަތުމަށްފަހު ، އެއުރެން ދެނެތިބެ ، ދެން އެ كلام ފުޅު ބަދަލުކުރާ ބަޔަކު އެއުރެންގެ ތެރެއިން ވާކަން ކަށަވަރެވެ .

(src)="s2.76.0"> Kad sretnu vjernike , oni govore : " Vjerujemo ! " , a čim se osame jedni s drugima , kažu : " Zar ćete im kazivati o onome što je Allah samo vama objavio , pa da im to bude dokaz protiv vas pred Gospodarom vašim ?
(src)="s2.76.1"> Zar se nećete opametiti ? "
(trg)="s2.76"> އަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ ، އެއުރެން ބުނެއުޅެނީ ، ތިމަންމެން މިތިބީ إيمان ވެގެންނެވެ . އަދި އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ ، އެއްތަންވެއްޖެނަމަ ، އެއުރެން ބުނެތެވެ . ( توراة ގައި ) اللَّه ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވައި އަންގަވާފައިވާ އެންގެވުންތަކުގެ ވާހަކަ އެއުރެންނަށް ( އެބަހީ : مسلم ންނަށް ) ތިޔަބައިމީހުން ކިޔައިދެނީ ހެއްޔެވެ ؟ ( އޭރުން ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި އެއިން ތިޔަބައިމީހުންގެ މައްޗަށް އެއުރެން ( އެބަހީ : مسلم ން ) حجة ދައްކައިފާނެތެވެ . ފަހެ ، ތިޔަބައިމީހުން ނުވިސްނަނީހެއްޔެވެ ؟

(src)="s2.77"> A zar oni ne znaju da Allah zna i ono što oni kriju i ono što pokazuju ?
(trg)="s2.77"> އެއުރެން ސިއްރުކުރާހާ ކަންތަކާއި ފާޅުކުރާހާ ކަންތައް ، اللَّه ދެނެވޮޑިގެންވާކަން ، އެއުރެން ނުދަންނަނީހެއްޔެވެ ؟

(src)="s2.78"> Neki od njih su neuki , oni ne znaju za Knjigu , nego samo za gatke , i oni se samo domišljaju .
(trg)="s2.78"> އަދި އެއުރެންގެތެރޭގައި ލިޔާންކިޔާން ނުދަންނަ މީހުންވެސްވެއެވެ . ފޮތުންވެސް ، مستحيل އުންމީދުތަކެއްނޫނީ އެއުރެންނަކަށް ނުފެނެއެވެ . އަދި ހީތަކެއް ކުރާކަމުގައިނޫނީ ، އެއުރެން ނުވެތެވެ .

(src)="s2.79.0"> A teško onima koji svojim rukama pišu Knjigu , a zatim govore : " Evo , ovo je od Allaha " – da bi za to korist neznatnu izvukli .
(src)="s2.79.1"> I teško njima zbog onoga što ruke njihove pišu i teško njima što na taj način zarađuju !
(trg)="s2.79"> ފަހެ ، އެއުރެންގެ އަމިއްލަ އަތުން ފޮތްލިޔެ ، މިއީ اللَّه ގެ حضرة ން ބާވައިލެއްވި ފޮތޭ ބުނާ މީހުންނަށް ގެއްލުމާއި ހަލާކުހުށްޓެވެ . ( އެއުރެން އެކަންކުރަނީ ) ކުޑައަގެއް އެއަށް ގަތުމަށްޓަކައެވެ . ފަހެ ، އެއުރެންގެ އަމިއްލަ އަތުން ލިޔުނު ތަކެތީގެ ސަބަބުން ، އެއުރެންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ . އަދި އެއުރެން ހޯދައިގަންނަ ތަކެތިންވެސް ، އެއުރެންނަށް ގެއްލުމާއި ހަލާކުހުށްޓެވެ .

(src)="s2.80.0"> Oni govore : " Vatra će nas doticati samo neko vrijeme . "
(src)="s2.80.1"> Reci : " Da li ste o tome dobili od Allaha obećanje – jer , Allah će sigurno ispuniti obećanje Svoje – ili na Allaha iznosite ono što ne znate ? "
(trg)="s2.80"> އަދި އެއުރެން ބުނޫއެވެ . عدد ކުރެވިގެންވާ ( އެބަހީ : މަދު ) ދުވަސްކޮޅެއްގައި މެނުވީ ، ނަރަކައިގެ އަލިފާން ތިމަންމެން ގަޔަކު ނުބީހޭނެތެވެ . ކަލޭގެފާނު ވިދާޅުވާށެވެ ! ތިޔަބައިމީހުން اللَّه ގެ حضرة ން ( އެކަމަށް ) عهد އެއް ހިފާފައި އޮތީހެއްޔެވެ ؟ އެހެންކަމަށްވަނީނަމަ ، اللَّه އެކަލާނގެ عهد ފުޅަކާ خلاف ވެވޮޑިއެއް ނުގަންނަވާނެތެވެ . ނޫންނަމަ ، ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް ، اللَّه އާމެދު ތިޔަބައިމީހުން ބުނަނީހެއްޔެވެ ؟

(src)="s2.81.0"> A nije tako !
(src)="s2.81.1"> Oni koji budu zlo činili i grijesi njihovi ih budu sa svih strana stigli , oni će stanovnici Džehennema biti i u njemu će vječno ostati .
(trg)="s2.81"> އެހެންނަކުންނޫނެވެ . ފާފަކޮށް ، އެމީހެއްގެކުށް އެމީހަކު ވަށާލައިފި މީހުންނީ ( އެބަހީ : އެއުރެންގެ ކުށްތަކުގެ ތެރެޔަށް ގެނބިގެންފި މީހުންނީ ) ނަރަކައިގެ أهل ވެރިންނެވެ . އެއުރެންނީ ، އެތާނގައި ދެމިތިބޭނޭ މީހުންނެވެ .

(src)="s2.82"> A oni koji budu vjerovali i dobra djela činili – oni će stanovnici Dženneta biti i u njemu će vječno boraviti .
(trg)="s2.82"> އަދި إيمان ވެ صالح عمل ތައް ކުޅަމީހުން ، އެއީ ސުވަރުގޭގެ أهل ވެރިންނެވެ . އެއުރެންނީ ، އެތާނގައި ދެމިތިބޭނޭ މީހުންނެވެ .

(src)="s2.83"> I kada smo od sinova Israilovih zavjet uzeli da ćete se jedino Allahu klanjati , i roditeljima , i bližnjima , i siročadi , i siromasima dobročinstvo činiti , a ljudima lijepe riječi govoriti i molitvu obavljati i zekat davati , vi ste se poslije , izuzev vas malo , izopačili i zavjet iznevjerili ;
(trg)="s2.83"> إسـرآءيـل ގެ ދަރިންގެ ކިބައިން ، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު ، ހަނދުމަކުރާށެވެ ! އެއީ ، اللَّه އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ . އަދި މައިންބަފައިންނާއި ، ގާތްތިމާގެ މީހުންނާއި ، يتيم ންނާއި ، مسكين ންނަށް ހެޔޮކޮށް ހިތުމަށެވެ . އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ ! އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ ! އަދި زكاة ދޭށެވެ ! ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ حال ، ތިޔަބައިމީހުންގެ ތެރެއިން މަދު ބަޔަކު މެނުވީ ( عهد ފުއްދުމަށް ) ފުރަގަސްދިނީއެވެ .

(src)="s2.84"> i kada smo od vas zavjet uzeli da krv jedni drugima nećete proljevati i da jedni druge iz zemlje vaše nećete izgoniti – vi priznajete da je tako i svjedoci ste –
(trg)="s2.84"> އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު ހަނދުމަކުރާށެވެ ! އެއީ ، ތިޔަބައިމީހުންގެ ލޭ ތިޔަބައިމީހުން ނުއޮހޮރުވުމަށެވެ . އަދި ތިޔަބައިމީހުންގެ ގޯތިގެދޮރުން ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ނުނެރުމަށެވެ . ދެން ތިޔަބައިމީހުން ( އެކަމަށް ) ހެކިވެ ތިބޭ حال ( އެ عهد އަށް ) އެއްބަސްވެ إقرار ވީމުއެވެ .

(src)="s2.85.0"> vi ipak jedni druge ubijate , a pojedine od vas iz zavičaja njihova izgonite – pomažući jedan drugom protiv njih , čineći i grijeh i nasilje ; a ako vam kao sužnji dođu , vi ih otkupljujete – a zabranjeno vam je da ih izgonite .
(src)="s2.85.1"> Kako to da u jedan dio Knjige vjerujete , a drugi odbacujete ? !
(src)="s2.85.2"> Onoga od vas koji čini tako stići će na ovome svijetu poniženje , a na Sudnjem danu biće stavljen na muke najteže . – A Allah motri na ono što radite .
(trg)="s2.85"> ދެން ހަމަ ތިޔަބައިމީހުން ، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް މަރައި ، އަދި ތިޔަބައިމީހުންގެ ބަޔަކު ، އެއުރެންގެ ގޯތިގެދޮރުން ނެރެލައި ތިޔަހަދަނީއެވެ . އެއީ ، ފާފަވެރިކަމާއި عداوة ތެރިކަމުގެ ގޮތުން އެއުރެންގެ މައްޗަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ވާގިވެރިވެ ، އެހީތެރިވާ حال ގައެވެ . އަދި އެއުރެންގެ ތެރެއިން ހައްޔަރުވެވޭ މީހުން ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެނަމަ ، ތިޔަބައިމީހުން އެއުރެންގެ فدية ދީ ، އެއުރެން ސަލާމަތްކުރެތެވެ . އަދި ( އެއުރެންގެ ގޯތިގެދޮރުން ) އެއުރެން ނެރެލުމީ ، ތިޔަބައިމީހުންގެ މައްޗަށް حرام ވެގެންވާ ކަމެކެވެ . ފަހެ ، ފޮތުން ބަޔަކަށް ތިޔަބައިމީހުން إيمان ވެ ، އަނެއްބަޔަށް كافر ވަނީ ހެއްޔެވެ ؟ ފަހެ ، ތިޔަބައިމީހުންގެ ތެރެއިން އެކަންތައްކުރާ މީހުންގެ ޖަޒާއަކީ ، ދުނިޔޭގެ حياة ގައި ދެރަކަމާއި ނިކަމެތިކަން ލިބުންކަމުގައި މެނުވީ ނުވެއެވެ . އަދި قيامة ދުވަހުން ގަދަފަދަ عذاب ގެ ތެރެޔަށް އެއުރެން ފޮނުއްވާހުށްޓެވެ . އަދި ހަމަކަށަވަރުން ، ތިޔަބައިމީހުންކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ .

(src)="s2.86"> To su oni koji su život na ovome svijetu pretpostavili onome na onom svijetu , zato im se patnja neće olakšati niti će im iko u pomoć priteći .
(trg)="s2.86"> އަހުރެންނީ ، آخرة ގެ ބާއްޖަވެރިކަމުގެ ބަދަލުގައި ، ދުނިޔޭގެ ދިރިއުޅުން ހޯދައިގަތް މީހުންނެވެ . ފަހެ ، އެއުރެންގެ ކިބަޔަކުން عذاب އެއް ލުޔެއް ނުކުރައްވާހުށްޓެވެ . އަދި نصر ލިބޭނޭ ބަޔަކު ކަމުގައިވެސް ، އެއުރެން ނުވެތެވެ .

(src)="s2.87.0"> I Mi smo Musau Knjigu dali i poslije njega smo jednog za drugim poslanike slali , a Isau , sinu Merjeminu , očigledne dokaze dali i Džibrilom ga pomogli .
(src)="s2.87.1"> I kad god vam je koji poslanik donio ono što nije godilo dušama vašim , vi ste se oholili , pa ste jedne u laž utjerivali , a druge ubijali .
(trg)="s2.87"> ހަމަކަށަވަރުން ، ތިމަންރަސްލާނގެ موسى ގެފާނަށް ފޮތް ( އެބަހީ : توراة ) ދެއްވީމެވެ . އަދި އެކަލޭގެފާނަށް ފަހުގައި ވިދިވިދިގެން رسول ބޭކަލުން ފޮނުއްވީމެވެ . އަދި مريم ގެފާނުގެ ދަރިކަލުން عيسى ގެފާނަށް ތިމަންރަސްކަލާނގެ ފާޅުވެގެންވާ معجزات ތައް ދެއްވީމެވެ . އަދި روح القدس ގެ އެހީފުޅުން އެކަލޭގެފާނަށް ގަދަކަން ދެއްވީމެވެ . ފަހެ ، ތިޔަބައިމީހުންގެ نفس ތައް ނޭދޭ ކަމަކާއިގެން ތިޔަބައިމީހުންގެ ގާތަށް رسول އަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި ( އެކަމަށް އިޖާބަނުދީ ) ތިޔަބައިމީހުން ބޮޑާވެގަންނަނީ ހެއްޔެވެ ؟ ފަހެ ، ތިޔަބައިމީހުން އޭގެ ބަޔެއް رسول ން ދޮގުކުޅައީމުއެވެ . އަނެއްބައި رسول ން قتل ކުޅައީމުއެވެ .

(src)="s2.88.0"> Oni govore : " Naša su srca okorjela . "
(src)="s2.88.1"> A nije tako , nego je Allah njih prokleo zbog nevjerovanja njihova , i zato je vrlo malo njih koji vjeruju .
(trg)="s2.88"> އެއުރެން ބުނީ ތިމަންމެންގެ ހިތްތައްވަނީ އުރައެއްލެވި ބަންދުވެފައެވެ . އެހެނެއްނޫނެވެ . އެއުރެންގެ كافر ކަމުގެ ސަބަބުން ، اللَّه އެއުރެންނަށް لعنة ލެއްވީއެވެ . ފަހެ ، އެއުރެން إيمان ވަނީ ވަރަށްވެސް ކުޑަކޮށެވެ .

(src)="s2.89"> A kada im Knjiga od Allaha dolazi , koja priznaje kao istinitu Knjigu koju imaju oni – a još ranije su pomoć protiv mnogobožaca molili – i kada im dolazi ono što im je poznato , oni u to neće da vjeruju , i neka zato stigne nevjernike Allahovo prokletstvo !
(trg)="s2.89"> އަދި އެއުރެންނާ އެކުގައިވާ ފޮތްތައް ( އެބަހީ : توراة އާއި إنجيل ) ގަބޫލުކޮށް ތެދުކުރާގޮތުގައި اللَّه ގެ حضرة ން އެއުރެންނާހަމަޔަށް ފޮތެއް ( އެބަހީ : قرآن ) އައިހިނދު ( އެފޮތް އެއުރެން ދޮގުކުރޫއެވެ . ) އޭގެ ކުރިން ، އެއުރެން ، كافر ވެގަތް މީސްތަކުންގެ މައްޗަށް نصر އެދޭކަމުގައި ވޫއެވެ . ދެން އެއުރެންނަށް އެނގިފައިވާ حق ގޮތް އެއުރެންނާހަމަޔަށް އައިހިނދު އެއަށް އެއުރެން كافر ވޫއެވެ . ފަހެ ، كافر ންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ .

(src)="s2.90"> Jadno je to za što su se prodali : da ne vjeruju u ono što Allah objavljuje , samo iz zlobe što Allah , od dobrote Svoje , šalje Objavu onome kome On hoće od robova Svojih ; i navukli su na sebe gnjev za gnjevom – a nevjernike čeka sramna patnja .
(trg)="s2.90"> އެއުރެންގެ نفس ތައް އެކަމަކަށް ވިއްކައިލި ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ ! އެއީ ، اللَّه ބާވައިލެއްވި ތަކެއްޗަށް ( އެބަހީ : قرآن އަށް ) އެއުރެން كافر ވުމެވެ . ( އެއުރެން އެ كافر ވީ ) اللَّه ގެ فضل ވަންތަކަމުން އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވި ބަޔަކުގެ މައްޗަށް ބާވައިލެއްވި ބާވައިލެއްވުމަށް حسد ވެރިވުމުގެ ގޮތުންނެވެ . ދެން ކޯފާގެ މައްޗަށް ކޯފާ އާއިގެން އެއުރެން އެނބުރި އަތުވެއްޖައޫއެވެ . އަދި كافر ންނަށް ހުރީ އިހާނަތްތެރިކަން ދެނިވި عذاب އެވެ .

(src)="s2.91.0"> A kada im se kaže : " Vjerujte u ono što Allah objavljuje ! " – oni odgovaraju : " Mi vjerujemo samo u ono što je nama objavljeno " – i neće da vjeruju u ono što se poslije objavljuje , a to je istina koja potvrđuje da je istinito ono što oni imaju .
(src)="s2.91.1"> Reci : " Pa zašto ste još davno neke Allahove vjerovjesnike ubili , ako ste vjernici bili ?
(trg)="s2.91"> އަދި اللَّه ބާވައިލެއްވި ފޮތަށް ( އެބަހީ : قرآن އަށް ) ތިޔަބައިމީހުން إيمان ވާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ ، އެއުރެން ބުނެތެވެ . ތިމަންމެން إيمان ވާނީ ، ތިމަންމެންގެ މައްޗަށް ބާވައިލެއްވި ފޮތަށެވެ . އޭގެފަހުން ބާވައިލެއްވި ފޮތަށް ( އެބަހީ : قرآن އަށް ) އެއުރެން كافر ވަނީ ، އެއުރެންނާ އެކުގައިވާފޮތް ( އެބަހީ : توراة ) ތެދުކުރާ حق ފޮތްކަމުގައި ، އެ قرآن ވާ حال ގައެވެ . ކަލޭގެފާނު ވިދާޅުވާށެވެ ! ތިޔަބައިމީހުން مؤمن ން ކަމުގައިވަނީނަމަ ، މީގެކުރީގައި ތިޔަބައިމީހުން اللَّه ގެ ނަބިއްޔުން قتل ކޮށް އުޅުނީ ފަހެ ، ކީއްވެގެންހެއްޔެވެ ؟

(src)="s2.92"> I Musa vam je jasne dokaze bio donio , pa ste , ipak , u odsutnosti njegovoj sebi nepravdu nanoseći , tele prihvatili . "
(trg)="s2.92"> އަދި ހަމަކަށަވަރުން ، ބަޔާންވެގެންވާ معجزات ތަކާއިގެން موسى ގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތެވެ . ދެން އެކަލޭގެފާނު ދުރަށްވަޑައިގަތުމަށްފަހު ، ތިޔަބައިމީހުން ، ގެރިއަކީ إله އަކު ކަމުގައި ބަލައިގެން އުޅުނީމުއެވެ . ( އެއީ ) އަނިޔާވެރި ބަޔަކުކަމުގައި ތިޔަބައިމީހުންވާ حال ގައެވެ .

(src)="s2.93.0"> I kada smo od vas vaš zavjet primili , i brdo iznad vas podigli : " Ozbiljno prihvatite ono što vam dajemo i budite poslušni ! " – oni su odgovorili : " Čujemo , ali poslušati nećemo ! " – srca njihova su , zbog nevjerovanja njihova , još bila nadojena teletom .
(src)="s2.93.1"> Reci : " Ružno je to na što vas vjerovanje vaše navodi , ako ste uopće vjernici . "
(trg)="s2.93"> އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕަވައި ، އަދި ތިޔަބައިމީހުންގެ މައްޗަށް طور ފަރުބަދަ އުފުއްލެވިހިނދު ހަނދުމަކުރާށެވެ ! ( އެހިނދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވީމެވެ . ) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި އެއްޗެއްގައި ، ( އެބަހީ : ފޮތުގައި ) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ ! އަދި ( ތިޔަބައިމީހުންނަށް ކުރެވޭ أمر ތައް ) ތިޔަބައިމީހުން އަހާށެވެ ! އެއުރެން ދެންނެވޫއެވެ . ތިމަންމެން ( ތިޔަ ބަސްފުޅު ) އަހައި ( ތިޔަ أمر ފުޅަށް ) ނުކިޔަމަންތެރިވެ އުރެދިއްޖައީމުއެވެ . އަދި އެއުރެންގެ كافر ކަމުގެ ސަބަބުން ، ގެރިއަށް އަޅުކަންކުރުމުގެ ލޯބި އެއުރެންގެ ހިތްތަކުގައިވަނީ ވަރުގަދައަކަށް ހިފައިފައެވެ . ކަލޭގެފާނު ވިދާޅުވާށެވެ ! ( ތިޔަބުނާހެން ) ތިޔަބައިމީހުންނީ ، إيمان ވާ ބަޔަކުކަމުގައި ވަނީނަމަ ، ތިޔަބައިމީހުންގެ إيمان ކަން ، އެކަމަކަށް ތިޔަބައިމީހުންނަށް أمر ކުރާ ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ !